މަތީ ތަޢުލީމުގެ ސްކޮލަރޝިޕަށް އެދޭއިރު އެމްކިއުއޭގެ ތައްގަނޑު ޖެހުން އުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
މަތީ ތަޢުލީމުގެ ސްކޮލަރޝިޕަށް އެދޭއިރު އެމްކިއުއޭގެ ތައްގަނޑު ޖެހުން އުވާލައިފި

ޒަކާތު ހައުސްއިން މިއަދު އިޢުލާނުކުރި ގޮތުގައި، މަތީ ތަޢުލީމަށް ދޭ ސްކޮލަރޝިޕްތަކަށް އެދި ހުށަހަޅާ ފޯމުތަކުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ތައްގަނޑު ޖަހަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި ބަދަލާ ގުޅިގެން، ސްކޮލަރޝިޕަށް އެދޭ ފަރާތްތަކުން އެމްކިއުއޭގެ "އެޕްލިކޭޝަން ފޯމް ފޯރ ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ފުރިހަމަކޮށް އެ އޮތޯރިޓީއަށް ހުށަހަޅަންޖެހޭނެއެވެ. އެމްކިއުއޭއިން މި ފޯމަށް ދޭ ޖަވާބާއެކު، "މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕްގެ އެޕްލިކޭޝަން ފޯމު" އަދި "މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕްގެ ފޯމް" ހުށަހެޅިދާނެ ކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން، ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށްވެސް ޒަކާތު ހައުސްއިން ހާމަކުރިއެވެ.

މި ބަދަލުތަކުގެ މަޤްޞަދަކީ ސްކޮލަރޝިޕަށް އެދޭ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމާއި، އެޕްލިކޭޝަން ޕްރޮސެސް އަވަސްކުރުން ކަމަށް ބެލެވެއެވެ. 

މިއަދު އޮންލައިން