ބުރިޖް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާތީ މާލެ-ތިލަފުށި ޗެނަލްތަކުން ދަތުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
ބުރިޖް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާތީ މާލެ-ތިލަފުށި ޗެނަލްތަކުން ދަތުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ތިލަމާލެ ބުރިޖް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާތީ، މާލެއާއި ތިލަފުއްޓާ ދެމެދުގައިވާ ޗެނަލްތަކުން ދަތުރު ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ މާލެ-ތިލަފުށި ލިންކް މަޝްރޫޢުގެ މަސައްކަތް މާލެއާއި ތިލަފުއްޓާ ދެމެދުގައިވާ ތިން ޗެނަލްގައި ކުރިއަށްދާއިރު، ފަހަކަށް އައިސް މިޗެނަލްތައް އާންމު ދަތުރުފަތުރަށް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަމަކީ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތް ކަމެއްކަމަށް ފުލުހުން ވަނީ އިންޒާރުދީފައެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމި، މި ސަރަހައްދު ބޭނުންކުރުމަށް ރަސްމީކޮށް ހުޅުވައިލެވެންދެން އާންމު ދަތުރުފަތުރު ކުރުމަށް މި ތިން ޗެނަލް ބޭނުންނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

  

މިއަދު އޮންލައިން