ތ. އެލާ ފަތުރުވެރިކަމުގެ ރަށެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތ. އެލާ ފަތުރުވެރިކަމުގެ ރަށެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމައިފި

ތ. ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލައި، އެ ދެރަށުގެ ދެމެދުގައި އޮންނަ ތ. އެލާ ފަތުރުވެރިކަމުގެ ރަށެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމައި، މި މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ.

މި މަޝްރޫޢުގެ މުހިންމު ބައެއްގެ ގޮތުގައި ހިމެނޭ 3 ކިލޯމީޓަރުގެ ކޯޒްވޭ އެޅުމުގެ އިތުރުން، ދެރަށުގައިވެސް ކޯޒްވޭއާ ގުޅޭ މަގުތައް ތަރައްޤީކުރެވޭނެއެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކާއި، ތިމާވެއްޓާ ރައްޓެހި އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މަގުބައްތިތައް ޤާއިމުކުރުން ހިމެނެއެވެ.

ސަރުކާރުން މި މަޝްރޫޢު ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލެއްގެ ދަށުންނެވެ. މި މޮޑެލްގެ ދަށުން މަޝްރޫޢުގެ ޚަރަދުތައް އަނބުރާ ހޯދުމަށްޓަކައި އިންވެސްޓަރަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ އެކި ބައިތައް ހިމެނޭނެކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ.

މި މަޝްރޫޢަށް ޝައުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ފުރުޞަތު އޮންނާނީ ޖޫން 30 ގެ ނިޔަލަށެވެ.

މި މަޝްރޫޢުގެ ސަބަބުން ތ. އަތޮޅުގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައި، އެ ސަރަޙައްދުގެ އިޤްތިޞާދީ ދުވެލި އިތުރުވެ، ވަޒީފާގެ އިތުރު ފުރުޞަތުތައް އުފެދިގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން