ޓެރިފް ރޭޓްތައް ކުޑަކުރައްވައި އަންނަމަހުން ފެށިގެން ކަރަންޓްބިލްތަކުން ރައްޔިތުންނަށް ބޮޑުލުޔެއްދެއްވަން ނިންމަވައި ރައްޔިތުންނަށްޓަކައި ރައީސް ޑރ. މުޢިއްޒު ދީލަތިވެވަޑައިގެންފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޓެރިފް ރޭޓްތައް ކުޑަކުރައްވައި އަންނަމަހުން ފެށިގެން ކަރަންޓްބިލްތަކުން ރައްޔިތުންނަށް ބޮޑުލުޔެއްދެއްވަން ނިންމަވައި ރައްޔިތުންނަށްޓަކައި ރައީސް ޑރ. މުޢިއްޒު ދީލަތިވެވަޑައިގެންފި!

ރައްޔިތުންނަށް އިތުރު ލުޔެއް ހޯދައިދިނުމުގެ ގޮތުން، މިފެށޭ ޖޫން މަހުން ފެށިގެން ގޭބިސީތަކުގެ ކަރަންޓު ޓެރިފް ރޭޓްތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިކަން އިޢުލާނު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، 1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތަކަށް މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ. އަދި މި ބަދަލުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރުމަށްޓަކައި، ކަމާގުޅުންހުރި އިދާރާތަކަށް އަންގަވާފައިވާ ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި ނިންމެވުމާއެކު، ރައީސުލްޖުމްހޫރިއްޔާ ވަނީ ގޭބިސީތަކުގެ ކަރަންޓު ޓެރިފް ރޭޓްތަކަށް ގެންނަވާ ބަދަލުތަކުގެ ތަފްސީލީ މަޢުލޫމާތު ހާމަކުރައްވާފައެވެ. މީގެ ތެރޭގައި މިހާރު ޢަމަލުކުރަމުންދާ އަގުތަކާއި، އަލަށް ތަޢާރަފުކުރެވޭ އަގުތަކުގެ ތަފްސީލު ހިމެނެއެވެ.

މި ބަދަލުތަކަކީ ރައްޔިތުންގެ ދިރިއުޅުމަށް ފަހިކަމެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި ބެލެވޭއިރު، ޚާއްޞަކޮށް ކަރަންޓު ބިލުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ މާލީ ބުރަތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

 

މިއަދު އޮންލައިން