ރާއްޖޭން ދޭން ބޭނުންވާ ޔަގީންކަމަކީ ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ރާއްޖޭން އަބަދުވެސް މަސައްކަތްކުރާނެކަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ރާއްޖޭން ދޭން ބޭނުންވާ ޔަގީންކަމަކީ ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ރާއްޖޭން އަބަދުވެސް މަސައްކަތްކުރާނެކަން: ރައީސް

ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ރާއްޖޭން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދޭން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ "ނޯ ޓޮބޭކޯ ޑޭ" އާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، މިއަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރާއްޖޭން ދޭން ބޭނުންވާ ޔަގީންކަމަކީ ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ރާއްޖޭން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.

މިގޮތުން، މިދިޔަ އަހަރު ރާއްޖޭގައި ވޭޕުގެ ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން މަނާ ކުރުމާއި، ވަކި އަހަރެއްގެ ފަހުން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަކީ އަންނަން އޮތް ޖީލުތަށް ދުންފަތުގެ ނުރައްކާތެރި ވަބާއިން ސަލާމަތް ކުރުމަށް އެޅުނު ވަރުގަދަ ފިޔަވަޅުތަކެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އަދި ދުންފަތާ ދެކޮޅަށް އެމަނިކުފާނު އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ސިއްޙަތު ރަނގަޅު މުސްތަގުބަލަކަށް އެޅުއްވި ފިޔަވަޅެއްކަމަށް ބަލައިގަތުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން، ދުންފަތާއި ނިކޮޓީން ހިމެނޭ ބާވަތްތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރެއްވުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދުންފަތާ ދެކޮޅަށް އަޅުއްވަމުންދާ ފިޔަވަޅުތައް ފާހަގަކޮށް، ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ވަނީ އެމަނިކުފާނަށް ހާއްސަ އެވޯޑެއް ދެއްވާފައެވެ.

މިއަދު އޮންލައިން