އެންމެ ހެޔޮ ގޮތަކީ ޢީދުގެ އުފާ ފާޅުކުރުމުގައި ނަބަވީ ހިދާޔަތަށް ތަބަޢަވުން: ވަޒީރު ޑރ.ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 37ސ
އެންމެ ހެޔޮ ގޮތަކީ ޢީދުގެ އުފާ ފާޅުކުރުމުގައި ނަބަވީ ހިދާޔަތަށް ތަބަޢަވުން: ވަޒީރު ޑރ.ޝަހީމް

ޢީދަކީ އިސްލާމީ މަތިވެރި ޝިޢާރެއްކަމަށާއި އެންމެ ހެޔޮ ގޮތަކީ ޢީދުގެ އުފާ ފާޅުކުރުމުގައި ނަބަވީ ހިދާޔަތަށް ތަބަޢަވުންކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކާއި ހިއްސާ ކުރެއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ، އިސްލާމީ މުޖުތަމަޢުގައި އިސްލާމީ ގިއުގަނޑުގެ ތެރޭގައި ޢީދުގެ އުފާވެރިކަމާއި މަތިވެރިކަމާއި މާތްކަން ދެމެހެއްޓުމަށް މުސްލިމުން ސަމާލުކަން ދޭންވާނެކަމަށެވެ.

މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ ޖޫން މަހުގެ 6 ވަނަ ދުވަސްކަމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހިރާއްޖެއިން ފުރާ އެންމެހާ ޙައްޖުވެރިން މިހާރު ވަނީ ސަޢުދީ ޢަރަބިއްޔާއަށް ގޮސްފައެވެ.

މިއަދު އޮންލައިން