ސަޢުދީ ޢަރަބިއްޔާގައި ބާއްވާ ގްރޭންޑް ޙައްޖު ސިމްޕޯޒިއަމް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ސަޢުދީ ޢަރަބިއްޔާގައި ބާއްވާ ގްރޭންޑް ޙައްޖު ސިމްޕޯޒިއަމް ފަށައިފި

ސަޢުދީ ޢަރަބިއްޔާގައި ބޭއްވޭ ގްރޭންޑް ޙައްޖު ސިމްޕޯޒިއަމް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ސިމްޕޯޒިއަމްގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރާއި އެކި ޤައުމުތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވައެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި މުހިންމު ސިމްޕޯޒިއަމްގައި ބައިވެރިވެ ވަޑައިގަންނަވަނީ ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ރައީސް އަލްއުސްތާޒް އުސާމް މުޙައްމަދެވެ. މި ސިމްޕޯޒިއަމްގައި ޙައްޖާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށް ބެލެވެއެވެ.

މި ސިމްޕޯޒިއަމްގެ ތެރޭގައި މީޑިއާތަކަށް ޚާއްސަ ކޮށްގެން މީޑިއާ އެވެއާނަސް ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ޙައްޖު މިޝަންތަކުގެ ޑޮކްޓަރުންނަށް ޚާއްސަ ކޮށްގެން ހެލްތު ވޯކްޝޮޕެއްވެސް ބޭއްވުމަށް ވަނީ ރޭވިފައެވެ.

މި ސިމްޕޯޒިއަމްގައި ބައިވެރިވާ ފަރާތްތަކަށް ޙައްޖާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރެވި، ޙައްޖު މޫސުމަށް ތައްޔާރުވުމަށް ބޭނުންވާ މުހިންމު މަޝްވަރާތަކެއް ކުރެވޭނެއެވެ. އަދި ޙައްޖު މަޢުލޫމާތު މީޑިއާ މެދުވެރިކޮށް ފޯރުކޮށްދިނުމުގައި ގެންގުޅެންވީ އުސޫލުތަކާއި، ޙައްޖުވެރިންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

މިއަދު އޮންލައިން