ބޮޑު ޖަމާޢަތުގައި 4 ސަރަހައްދެއްގައި، އަދި އިތުރު 24 މިސްކިތެއްގައި ޢީދު ނަމާދު ކުރުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 42ސ
ބޮޑު ޖަމާޢަތުގައި 4 ސަރަހައްދެއްގައި، އަދި އިތުރު 24 މިސްކިތެއްގައި ޢީދު ނަމާދު ކުރުމަށް ނިންމައިފި

1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު، މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ކުރާތަންތަނުގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 24 މިސްކިތެއްގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ، 06 ޖޫން 2025 ވާ ހުކުރު ދުވަހެވެ.

މާލޭ ސަރަޙައްދުގައި، އަޟްޙާ ޢީދު ނަމާދު ކުރުމަށްޓަކައި، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިނިސްޓްރީންވަނީ ވަކި މިސްކިތްތަކާއި މައިދާންތަކެއް ކަނޑައަޅާފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި އަޟްޙާ ޢީދު ބޮޑު ޖަމާޢަތް ހެދުމަށްޓަކައި ހަތަރު މައިދާނެއް ހަމަޖައްސާފައިވެއެވެ. އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް އަދި ހުޅުމާލެ ފޭސް ދޭއްގެ ކުރިކެޓް ސްޓޭޑިއަމް ސަރަޙައްދެވެ. މީގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން ތިރީގައި އެވާ ހުރިހާ މިސްކިތްތަކެއްގައިވެސް ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

#

މިސްކިތުގެ ނަން

 

1

މާފަންނު ސްޓޭޑިއަމް  (ބޮޑުޖަމާޢަތް)

މާލެ

2

މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)

މާލެ

3

މަސްޖިދުލްމަލިކި ސަލްމާން

މާލެ

4

މަސްޖިދުލްފުރުޤާން

މާލެ

5

މަސްޖިދުއްނޫރު

މާލެ

6

މަސްޖިދުއް ޝަޙީދު ޢަލީ

މާލެ

7

މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)

މާލެ

8

މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު (ދުބުރި މިސްކިތް)

މާލެ

9

މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)

މާލެ

10

މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)

މާލެ

11

މަސްޖިދު ޞަލާޙުއްދީން

މާލެ

12

މަސްޖިދު ޖަލާލުއްދީން

މާލެ

13

މަސްޖިދު އިބްރާހީމް

މާލެ

14

މަސްޖިދު އިސްކަންދަރު

މާލެ

15

ވަގުތީ  މިސްކިތް ( ބޮޑުގެ )

މާލެ

16

މަސްޖިދުއްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (ރަންމިސްކިތް)

މާލެ

17

މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)

މާލެ

18

މާފަންނު އާމިސްކިތް

މާލެ

19

ވިލިމާލެ ބޮޑުޖަމާޢަތް ( ވިލިގިލި ބޯޅަދަނޑު)

ވިލިމާލެ

20

މަސްޖިދުއްސަލާމް

ވިލިމާލެ

21

ހުޅުމާލެ ބޮޑުޖަމާޢަތް ( ސިންތަޓިކް ޓްރެކް)

ހުޅުމާލެ

22

މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1)

ހުޅުމާލެ

23

މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)

ހުޅުމާލެ

24

މަސްޖިދު ޢަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)

ހުޅުމާލެ

25

ހުޅުމާލެ ބޮޑުޖަމާޢަތް (ކުރިކެޓް ސްޓޭޑިއަމް) (ހުޅުމާލެ ފޭސް 2)

ހުޅުމާލެ

26

މަސްޖިދު ޙަސަން އާދަމް (ހުޅުމާލެ ފޭސް 2)

ހުޅުމާލެ

27

މަސްޖިދު އަބީބަކުރިނިއްޞިއްދީޤް (ފޭސް 2 ހުޅުމާލެ)

ހުޅުމާލެ

28

މަސްޖިދު އަޞްދިޤާ

ހުޅުމާލެ

 

ބޮޑު ޖަމާޢަތް ހެދުމަށް ހަމަޖެހިފައިވާ މައިދާންތަކުގެ އިތުރުން މަތީގައި ބަޔާންކުރެވިފައިވާ މިސްކިތްތަކުގައި ޢީދު ނަމާދުކުރުން ކުރިއަށް ދާނެއެވެ.

ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ކަނޑައެޅިފައިވާ 4 ސަރަޙައްދުގައި، ޢީދުގެ ބޮޑު ޖަމާޢަތް ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޢާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި ޢީދު ނަމާދުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން