މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށް އަނެއްކާވެސް މުޙައްމަދު އަބުދުލް ސައްތާރު އިންތިޚާބުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށް އަނެއްކާވެސް މުޙައްމަދު އަބުދުލް ސައްތާރު އިންތިޚާބުކޮށްފި

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސްކަމަށް އަނެއްކާވެސް މުޙައްމަދު އަބްދުލް ސައްތާރު އިންތިޚާބު ކޮށްފިއެވެ.

މިއަދު ހ. މީރުމާ ހޮޓެލްގައި ބޭއްވުނު އިންތިޚާބުގައި ސައްތާރު ވަނީ އިތުރު ދައުރަކަށް ހޮވިފައެވެ. މި މަޤާމަށް އިތުރު އެއްވެސް ކެންޑިޑޭޓަކު ވާދަކޮށްފައެއް ނުވެއެވެ.

މި އިންތިޚާބުގައި އެމްއޯސީގެ ނައިބު ރައީސްކަމަށް ދެ މެންބަރުން ވަނީ ހޮވިފައެވެ. އެގޮތުން ޗެސް އެސޯސިއޭޝަންގެ ފަރާތުން ވާދަކުރި އަޙްމަދު މުންތަޤިމް (މުންތޭ) އާއި ހޭންޑްބޯލް މޯލްޑިވްސްގެ ފަރާތުން ވާދަކުރި އަޙްމަދު އިސްމާޢީލް ވަނީ ނައިބު ރައީސްކަމަށް އިންތިޚާބުވެފައެވެ.

ނައިބު ރައީސްކަމަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން އަޙްމަދު އިސްމާޢީލަށް 15 ވޯޓު ލިބިފައިވާއިރު، އަޙްމަދު މުންތަޤިމަށް ލިބިފައިވަނީ 12 ވޯޓެވެ. އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޞްޠަފާ މުޙައްމަދު (މުސްތޮ) އަށް ލިބިފައިވަނީ 3 ވޯޓެވެ.

މުޙައްމަދު އަބްދުލް ސައްތާރަކީ ނިމިގެންދިޔަ ދައުރުގައިވެސް އެމްއޯސީގެ ރައީސްކަން ފުރުއްވި ފަރާތެވެ. އޭނާގެ ލީޑަރޝިޕްގެ ދަށުން އެމްއޯސީން ވަނީ ގިނަގުނަ ކުރިއެރުންތަކެއް ހާސިލުކޮށްފައެވެ.

އައު ދައުރުގައި އެމްއޯސީގެ އިސް މަޤާމުތަކަށް އިންތިޚާބުވެފައިވާ ފަރާތްތަކުން، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރެވެއެވެ.

މިއަދު އޮންލައިން