ޙައްޖުގައި ތިބޭ މުއްދަތު 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދާ ވާހަކަ އަކީ ހަޤީޤަތާ ޚިލާފު ވާހަކައެއް: ޑރ. ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޙައްޖުގައި ތިބޭ މުއްދަތު 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދާ ވާހަކަ އަކީ ހަޤީޤަތާ ޚިލާފު ވާހަކައެއް: ޑރ. ޝަހީމް

ޙައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ހައްޖު ކޯޕަރޭޝަނުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މިއަހަރުގެ ޙައްޖުގައި 15 ދުވަހު ތިބޭނެ އެއްވެސް ބަޔަކު ނުތިބޭނެއެވެ. އެގޮތުން، އެއް ފްލައިޓްގައި ދާ ޙައްޖުވެރިން 18 ދުވަހު ތިބޭއިރު، އަނެއް ތިން ފްލައިޓްގެ ޙައްޖުވެރިން 19 ދުވަހު ތިބޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

މީގެ އަހަރުތަކެއް ކުރިން ޙައްޖުވެރިން 30 ދުވަހު ތިބޭ ކަމުގައިވީ ނަމަވެސް، ފާއިތުވި އަހަރުތަކުގައި ޢާއްމުކޮށް ޙައްޖުވެރިން ތިބެމުން އައީ 22 އާއި 25 ދުވަހާ ދެމެދުގެ މުއްދަތަކަށެވެ. މިގޮތަށް ތިބެމުން އައީ ޙައްޖުގެ އަޅުކަން ނިންމުމަށްފަހު މަދީނާއަށް ޒިޔާރަތްކޮށް، އަނެއްކާވެސް މައްކާއަށް އެނބުރި ދިއުމުގެ ސަބަބުންނެވެ.

ނަމަވެސް މިއަހަރު ޙައްޖުގެ އަޅުކަން ނިންމުމަށްފަހު މަދީނާއަށް ޒިޔާރަތްކޮށް، މައްކާއަށް އެނބުރި ނުގޮސް ސީދާ ރާއްޖެއަށް ފުރާގޮތަށް ވަނީ ހަމަޖައްސާފައެވެ. މިގޮތަށް ހަމަޖައްސާފައިވަނީ ޙައްޖުވެރިންގެ ރައްކާތެރިކަމާއި މަޞްލަޙަތަށާއި، މޫސުމަށް ބަލައި ޞިއްޙަތަށް ބެލުމުގެ ގޮތުން ސައޫދީ އަރަބިއްޔާއިން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ރިޢާޔަތްކޮށްގެންނެވެ.

"ޤައުމީ މިފަދަ ކަންކަމުގައި ޙަޤީޤަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް އިލްތިމާސްކުރަން. ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ނަމަ އެކަމާމެދު މަޝްވަރާކޮށްގެން ޙައްލެއް ހޯދާނެކަމުގެ ޔަޤީންކަން އަރުވަން،" ވަޒީރު ޝަހީމް ވިދާޅުވިއެވެ.

މިއަދު އޮންލައިން