ރައީސްގެ ނިންމެވުމާއި އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށް: ސްޓެލްކޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ރައީސްގެ ނިންމެވުމާއި އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށް: ސްޓެލްކޯ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން އެކްސް ޕްލެޓްފޯމްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯ އިން ބުނެފައިވަނީ މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކުރެވިފައިވާ އައު ޓެރިފް ރޭޓްތަކަށް ކަމަށެވެ.

"މި ބަދަލާއެކު ކަރަންޓު ބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ،" ސްޓެލްކޯ އިން ބުނެފައިވެއެވެ.

މީގެއިތުރުން، ކުރިއަށް އޮތްތަނުގައި ފޮނުވާ ހުރިހާ ކަރަންޓު ބިލްތަކެއްވެސް ތައްޔާރުކުރެވިގެންދާނީ އައު ޓެރިފް ރޭޓްތަކަށް ކަމުގެ ޔަގީންކަން ސްޓެލްކޯ އިން ވަނީ ދިފައެވެ.

ފާއިތުވި ދުވަސްތަކުގައި ކަރަންޓު ބިލްތަކުގެ އަގު ބޮޑުވެފައިވާ ކަމުގެ ޝަކުވާ ގިނަ ރައްޔިތުން ކުރަމުން އައި ހިނދު، ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ވަނީ ކަރަންޓުގެ އަގު ހެޔޮކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާފައެވެ.

މިއަދު އޮންލައިން