"ދަ ގާޑަންސް" ޕްރޮޖެކްޓްގެ މަސައްކަތް ނިންމަން އާރުސީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
"ދަ ގާޑަންސް" ޕްރޮޖެކްޓްގެ މަސައްކަތް ނިންމަން އާރުސީސީއާ ހަވާލުކޮށްފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޖާހު ކުންފުންޏާ ހަވާލުކޮށްފައިވާ "ދަ ގާޑަންސް" ޕްރޮޖެކްޓްގެ މަސައްކަތް ނިންމުމަށް ރޯޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އާރުސީސީ) އާ ހަވާލުކޮށްފިއެވެ.

އެޗްޑީސީން މި ޕްރޮޖެކްޓް އާރުސީސީއާ ހަވާލުކުރީ، ޖާހު ކުންފުންޏަށް މަސައްކަތް ނިންމުމަށް އެތައް ފުރުސަތެއް ދިނުމަށްފަހުގައިވެސް މަސައްކަތް ކުރިއަށް ނުދިއުމާ ގުޅިގެން، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށްފަހުއެވެ.

އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން ޖާހު ކުންފުނިން ވަނީ ބިން ހަވާލުކުރުމަށް އިންކާރުކޮށް، މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް ކޯޓުން ވަނީ މި މައްސަލައިގައި ޖާހު ކުންފުނިން އެދުނު ވަގުތީ އަމުރު ދިނުމަށް ދެކޮޅު ހަދާފައެވެ.

"ދަ ގާޑަންސް" ޕްރޮޖެކްޓްގެ ދަށުން ވިއްކާފައިވާ އެޕާޓްމަންޓްތަކަށް ގިނަ ފަރާތްތަކަކުން ވަނީ ފައިސާ ދައްކާފައެވެ. މަސައްކަތް ލަސްވަމުންދާތީ، އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކުން ވަނީ އެކަމާ ގުޅޭ ޝަކުވާތަކާއި ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.

 

މިއަދު އޮންލައިން