ޓްރޭޑިއަން ޕްލެޓްފޯރމްގެ އިންފްރާސްޓްރަކްޗަރ އަޕްގްރޭޑްކުރުމަށް ބޭނުންވާ މެއިންޓެނެންސްއަށހާރޑްވެއަރ ސަޕްލައިކޮށް، އިންސްޓޯލްކޮށް އަދި ކޮމިޝަން ކޮށްދޭނެ ފަރާތެއް ހޯދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 13ސ
ޓްރޭޑިއަން ޕްލެޓްފޯރމްގެ އިންފްރާސްޓްރަކްޗަރ އަޕްގްރޭޑްކުރުމަށް ބޭނުންވާ މެއިންޓެނެންސްއަށހާރޑްވެއަރ ސަޕްލައިކޮށް، އިންސްޓޯލްކޮށް އަދި ކޮމިޝަން ކޮށްދޭނެ ފަރާތެއް ހޯދަނީ

ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ އެހީގައި ހިންގަމުންދާ ނޭޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓްގެ ދަށުން ޤާއިމްކޮށްފައިވާ ޓްރޭޑިއަން ޕްލެޓްފޯރމްގެ އިންފްރާސްޓްރަކްޗަރ އަޕްގްރޭޑްކުރުމަށް ބޭނުންވާ ހާރޑްވެއަރ ސަޕްލައިކޮށް، އިންސްޓޯލްކޮށް އަދި ކޮމިޝަންކޮއްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ އެދިލެއްވުމުގެ މަތިން ނޭޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓްގެ ދަށުން ޤާއިމްކޮށްފައިވާ ޓްރޭޑިއަން ޕްލެޓްފޯރމްގެ އިންފްރާސްޓްރަކްޗަރ އަޕްގްރޭޑްކުރުމަށް ބޭނުންވާ ހާޑްވެއަރ ސަޕްލައިކޮށް، އިންސްޓޯލްކޮށް، ކޮންފިގަރކޮށް، މައިގްރޭޓްކޮށް އަދި ކޮމިޝަންކުރުމުގެ މަސައްކަތް (24/7 ލޯކަލް ޓެކްނިކަލް ސަޕޯޓް އަދި މަސައްކަތުގެ ތެރެއިން ދެވޭ ތަމްރީނު ހިމެނޭގޮތަށް) ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގ އުސޫލުގެ މަތިން، އޭ.ޑީ.ބީގެ ސިންގަލް ސްޓޭޖް ވަން އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

މި ބީލަމުގައި ބައިވެރިވުމަށް ތިރީގައިވާ ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

މާލީ ތަނަވަސްކަން

ފާއިތުވި 5 އަހަރު ކުންފުނީގެ މާލީ ތަނަވަސްކަމުގެ ގޮތުގައި އެވްރޭޖްކޮށް 40 މިލިއަން ދިވެހި ރުފިޔާ ލިބިފައިވުން.

ތަޖުރިބާ

• ފާއިތުވި އަށް (08) އަހަރުގެ ތެރޭގައި އެޗްޕީއީ ކޮމްޕޯސެބަލް އިންފްރާސްޓްރަކްޗާ، އެޗްޕީއީ ޑިސެގްރިގޭޝަން ހައިޕަކޮންގްރެޖްޑް އިންފްރާސްޓްރަކްޗާ އަދި އެޗްޕީއީ ހައިޕަ-ކޮންވާޖްޑް އިންފްރާސްޓްރަކްޗާ ހިމެނޭ ދިހަ (10) ކޮންޓްރެކްޓް، އަދި ކޮންމެ ކޮންޓްރެކްޓެއްގެ އަގު މަދުވެގެން 2 މިލިއަން ދިވެހި ރުފިޔާކަމުގައިވުން.

• ފާއިތުވި ފަސް (05) އަހަރުގެ ތެރޭގައި Fortinet ނުވަތަ Cisco ނެޓްވޯކް/ސެކިއުރިޓީ އިންފްރާސްޓްރަކްޗަރ ހިމެނޭ ތިން (03) ކޮންޓްރެކްޓް، އަދި ކޮންމެ ކޮންޓްރެކްޓެއްގެ އަގު މަދުވެގެން 3 މިލިއަން ދިވެހި ރުފިޔާކަމުގައިވުން.

• ފާއިތުވި ފަސް (05) އަހަރުގެ ތެރޭގައި VMware Server Virtualization ހިމެނޭ ތިން (03) ކޮންޓްރެކްޓް، އަދި ކޮންމެ ކޮންޓްރެކްޓެއްގެ އަގު މަދުވެގެން 2 މިލިއަން ދިވެހި ރުފިޔާކަމުގައިވުން.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފާޠިމަތު ރިޝްފާ އަޙްމަދު،

ޗީފް ޕްރޮކިއުމަންޓް އެގްޒެކްޓިވް،

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ،

އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،

ފޯން: (+960) 3349115, (+960) 3349147, (+960) 3349106

އީމެއިލް: [email protected]

ކޮޕީ: [email protected]

 

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/500 (ފަސްސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2025 ޖޫން 3އިން 2025 ޖުލައި 6 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، އަންނަނިވި މަޢުލޫމާތު އިޢުލާނުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

• ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް

• ބީލަމާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު

• ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

މި ޕްރޮޖެކްޓުގެ ބިޑިންގް ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mvއިން 3 ޖޫން 2025އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ބީލަން ހުޅުވުން އޮންނާނީ 2025 ޖުލައި 8 ވާ އަންގާރަ ދުވަހުގެ 11:00:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން