ތެލުލިފަތެއްވެސް މުރަނގަފަތު ޕައުޑަރެއްވެސް ރަނގަޅެއްނޫން!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ތެލުލިފަތެއްވެސް މުރަނގަފަތު ޕައުޑަރެއްވެސް ރަނގަޅެއްނޫން!

ޢަލީ އިޙްޞާން ފިރާޤް

 

ތެލުލުމުގެ ސަބަބުން މުރަނގަފަތުގައި ހުންނަ ވިޓަމިން ސީ އަދި ވިޓަމިން ޑީ ގެ ބާވަތް ނެތިގެންދެއެވެ. މީގެ އިތުރުން ތެލުލިފަތް ކާނަމަ ކެވެނީ އިތުރު ތެޔޮތަކެކެވެ. މިއީ އިތުރު ކެލޮރީސްއެވެ. މިކަމުގެ ސަބަބުން ހިތުގެ މައްސަލަތައްފަދަ ސިއްހީ ކަންތައްތައް ކުރިމަތިވެއެވެ. މީގެ އިތުރުން މުރަނގަފަތުގައި ހުންނަ އެންޓި އޮކްސިޑެންޓުގެ މިންވަރުވެސް ތެލުލުމުގެ ސަބަބުން މަދުވެގެންދެއެވެ.

މުރަނގަފަތް ހިއްކައިގެން ޕައުޑަރަށް ހަދައިގެން ބޭނުން ކުރުމުގެ ސަބަބުވެސް އޭގައި ހުންނަ ވިޓަމިންތަކަށް ބަދަލު އާދެއެވެ. ފަހަރުގައި ތެލުލައިގެން ލިބޭވަރަށް ޕައުޑަރުން ގެއްލުން  ނުވެދާނެއެވެ. 

ވިޓަމިންސީ އާއި ވިޓަމިންބީގެ ވައްތަރުތަކާއި ވިޓަމިންޑީ އާއި އަދިވެސް ހަށިގަނޑަށް ފައިދާހުރި އެހެނިހެން މާއްދާތަކުން މުއްސަނދިވެފައިވާ މުރަނގަފަތް އަހަރެމެންނަށް ބޭނުން ކުރެވެނީ އެންމެ ގޯސްގޮތަށެވެ. ފަތުގެ ބާވަތްތައް ބޭނުން ކުރުން އެންމެ ރަނގަޅު ގޮތަކީ އޭގެ އަސްލު ނުގެއްލޭނެ ގޮތަށެވެ. މިސާލަކަށް ސަޓަނި ހަދާއިރާއި ބިސްގަނޑެއް ހަދާއިރު މުރަނގަފަތް ބޭނުން ކުރެވިދާނެއެވެ. މަސްހުނި ހަދާއިރު ހުނީގެ ބައިމަދުކޮށްލައިފައި މަހާއި ފަތުގެ ބައި ގިނަކޮށްލެވިދާނެއެވެ.

ހަމަގައިމުވެސް ޕައުޑަރަށް ހަދައިގެންނާއި ތެލުލައިގެން މުރަނގަފަތް ބޭނުން ކުރުމުގެ ބަދަލުގައި ރޯކޮށް މުރަނގަފަތް ބޭނުން ކުރުމުން ހަށިގަނޑަށް އޭގެ ފައިދާ މާބޮޑަށް ކުރާނެއެވެ.

މިއަދު އޮންލައިން