ޕެސްޓް ކޮންޓްރޯލްކުރުމަށް ބަޔޮލޮޖިކަލް ކޮންޓްރޯލް އުސޫލުތައް ތަޢާރަފުކޮށް ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
ޕެސްޓް ކޮންޓްރޯލްކުރުމަށް ބަޔޮލޮޖިކަލް ކޮންޓްރޯލް އުސޫލުތައް ތަޢާރަފުކޮށް ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ޕެސްޓް ކޮންޓްރޯލްކުރުމަށް ބަޔޮލޮޖިކަލް ކޮންޓްރޯލް އުސޫލުތައް ތަޢާރަފުކޮށް ތަންފީޒުކުރުމާ ގުޅޭގޮތުން، އެގްރޯ ސަރވިސަސް އަދި ޕެސްޓަރމިނޭޓަރސްގެ ޓީމެއް، ދަނޑުވެރިކަމާއި ދިރޭތަކެއްޗައި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި ބައްދަލު ކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ވުޒާރާގައި ބޭއްވި މި ބައްދަލުވުމަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ޕެސްޓް މެނޭޖްމަންޓް އުސޫލުތައް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ރާއްޖޭގައި ގަސްތަކާއި ރުއްތަކަށް ޖެހޭ ބަލިތަކުގެ ސަބަބައެއް ބާވަތްތަކުގެ ގަސްތަކާއި ރުއްތަށް ނެތިގެންދިއުމުގެ ބިރުވަނީ ބޮޑުވެފައެވެ. އެހެންކަމުން އެބަލިތަށް ނައްތާލައި، ގަސްތަކުގެ ދުޅަހެޔޮކަން ކަށަވަރުކޮށް ދެމެހެއްޓެނެވި ގޮތުގައި ކާނާ ލިބޭނެގޮތްތައް ފަހިކުރުމަށް މި ވުޒާރާއިން އަންނަނީ ކަމާއި ގުޅުންހުރި މާހިރުންގެ ލަފަޔާއި އިރުޝާދު ހޯދައި، ދިރާސާތައްވެސް ކުރަމުންނެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން