އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް ޓޭބަލް ޓެނިސް ކުޅެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ޓޭބަލް ޓެނިސް ކުޅުމަށް ބޭނުންވާ ތަކެތި މި ވުޒާރާއަށް ހަވާލުކޮށްފިއެވެ.
އިސްރަށްވެހިންގެ ނާދީގައި މި ކުޅިވަރު ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޓޭބަލް ޓެނިސް އެކަޑެމީގެ އެހީތެރިކަމާއެކުއެވެ. މި ޕްރޮގްރާމްގެ ސަބަބުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް އިސްރަށްވެހިންނަށް މަގުފަހިވުމުގެ އިތުރުން، ޖީލުތަކުގެ މެދުގައި އޮންނަ ހުސްކަން ކުޑަކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ.
އިސްރަށްވެހިންގެ ނާދީއަކީ އިސްރަށްވެހިންގެ އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ތަފާތު އެކި ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގަމުންދާ، އިސްރަށްވެހިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދައިފާ މަރުކަޒެކެވެ. މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް އޮންނާނެއެވެ.
ހަބަރު؛ ސަރުކާރު