މަޤުސަދަކީ ދެމެހެއްޓެނިވި ދަނޑުވެރިކަމަކަށް ބޭނުންވާ އެހީތައް ފޯރުކޮށްދިނުން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
މަޤުސަދަކީ ދެމެހެއްޓެނިވި ދަނޑުވެރިކަމަކަށް ބޭނުންވާ އެހީތައް ފޯރުކޮށްދިނުން: ވަޒީރު

މަޤްޞަދަކީ ދެމެހެއްޓެނިވި ދަނޑުވެރިކަމަކަށް ވާސިލް ވުމަށްޓަކައި، ދަނޑުވެރިންނަށް ބޭނުންވާނެ ފަންނީ ތަމްރީންތަކާއި އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެންވިދާޅުވީ އާބަން ފާމިންގ ގެ ދެވަނަ މަޝްރޫއު ފެށުމާއި ގުޅިގެންނެވެ.

ވަޒީރު ވިދާޅުވީ މާލެ، ސީޓީ ފަދަ، ފަދަ ޖާގައިގެ ދަތިކަންހުރި ތަންތަނުގައިވެސް ގަސްއިންދާ ހެއްދުމަށް ޝައުގުވެރި މީހުން އުޅޭކަމަށެވެ. އަދި އޭގެ ތެރެއިން އެއްބައިމީހުން ގަސް ހައްދަނީ ހިތްހަމަޖެހުމަށްޓަކައިކަމަށެވެ. އަދި އަނެއްބަޔަކު ނަފާ ހޯދުމަށްވެސް ގަސް ހައްދާކަމަށެވެ. މިފަދަ މީހުންނަށް ކުރިމަތިވާ ގޮންޖެހުމަކީ ފަންނީ މައުލޫމާތު ނެތުމުގެ އިތުރުން، މާކެޓް ކުރެވޭނެ މަގުތައް ފަހިވެފައިނެތުމެވެ.

"އަޅުގަނޑުމެން މަސައްކަތް މިކުރަނީ މި ފަރާތްތަކަށް އެހީތެރިވުމަށް، ވިއްކުމުގެ ސްޓްރެޓެޖީތަކާ ބެހޭ މަޢުލޫމާތު ހިއްސާކޮށް، އަދި އެ ފަރާތްތަކަށް ގަންނަ ފަރާތްތަކާ ހަމައަށް ވާސިލުވުމަށް އެހީތެރިވެދޭނެ ޚާއްޞަ ޕްލެޓްފޯމެއް އުފެއްދުމަށް."

ވަޒީރު އިތުރަށް ވިދާޅުވީ ލިބެންހުރި ޖާގަތައް އުފެއްދުންތެރިކަމާއެކު އަދި މައުނަވީ ގޮތެއްގައި ބޭނުންކޮށްފައިވާ ގޮތް ފެނުމަކީ ހިތްވަރު ލިބޭކަމެކެވެ. މި މަޝްރޫޢުގެ ސަބަބުން އެ ފަރާތްތަކުގެ އަމިއްލަ ދިރިއުޅުމަށް އެހީތެރިވުމުގެ އިތުރުން، ރަށުތެރޭގައި އުފައްދާ ތަކެތި އިޝްތިހާރުކޮަށް މާކެޓް ހޯދި، ދެމެހެއްޓެނިވި ގޮތެއްގައި ޝަހަރީ ދިރިއުޅުން ކުރިއެރުވުމަށްވެސް އެހީތެރިވެދޭނެކަމަށެވެ.

 

ހަބަރު: ސަރުކާރު

 

 

 

 

މިއަދު އޮންލައިން