އަޟްޙާ ޢީދު ދުވަހު ހަވީރު މާލޭގައި އިންޖީނުލީ އުޅަނދު އަދި ބެޓެރި ވެހިކަލްތައް ދުއްވުން މަނާކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
އަޟްޙާ ޢީދު ދުވަހު ހަވީރު މާލޭގައި އިންޖީނުލީ އުޅަނދު އަދި ބެޓެރި ވެހިކަލްތައް ދުއްވުން މަނާކޮށްފި

މިއަހަރުގެ އަޟްޙާ ޢީދު ދުވަހު ހަވީރު ގްރޭޓަރ މާލޭ ސަރަޙައްދުގެ މަގުތަކުގައި އިންޖީނުލީ އުޅަނދުތަކާއި ބެޓެރި ވެހިކަލްތައް ދުއްވުން މަނާކޮށްފިކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު އިޢުލާނުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވަނީ، އަޟްޙާ ޢީދު ދުވަސް ފާހަގަކުރުމުގެ ގޮތުން، ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ގްރޭޓަރ މާލޭގެ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ މަގުތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

މިގަޑީގައި އެމެޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކަރ، ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތާއި ބެހޭ ބައިން (ތައިސޭކޮށި، މާލެ) 06 ޖޫން ވާ ހުކުރު ދުވަހުގެ ހެނދުނު 08:30 އިން 10:30 އަށް އަދި މެންދުރުފަހު 14:00 އިން 15:45 އަށް ދޫކުރާނެ ކަމަށްވެސް ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވަނީ، މިވަގުތުތަކުގައި އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއްކަމުގައިވާތީ، މިކަމާއި ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

މިއަހަރުގެ އަޟްޙާ ޢީދު ދުވަސް ވަނީ ހުކުރު ދުވަހު ކަމަށްވާތީ، މިފިޔަވަޅު އަޅާފައިވަނީ ރައްޔިތުންނަށް ޢީދު ދުވަހުގެ އުފާ ހިއްސާކުރުމަށް ފަސޭހަވާނެ މާޙައުލެއް ޤާއިމްކުރުމަށް ކަމަށް ބެލެވެއެވެ. މިގޮތުން، މާލޭގެ މަގުތަކުގައި ހިނގާ މީހުންނަށް ފަސޭހައިން އުޅެވޭނެ ގޮތް ހަދައިދިނުމަކީ މި ފިޔަވަޅުގެ މައިގަނޑު މަޤްޞަދު ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން