ރާއްޖެއިން ލަގްޒަމްބާގަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އެ ޤައުމުގެ ގްރޭންޑް ޑިޔުކް އަށް އަރުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ރާއްޖެއިން ލަގްޒަމްބާގަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އެ ޤައުމުގެ ގްރޭންޑް ޑިޔުކް އަށް އަރުވައިފި

ލަގްޒަމްބާގަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޤީލާ ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ލަގްޒަމްބާގުގެ ދަ ގްރޭންޑް ޑިޔުކް ހެންރީ އަށް މިއަދު އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ލަގްޒަމްބާގުގެ ދަ ގްރޭންޑް ޑިޔުކަލް ޕެލެސް ގައެވެ.

ފަތްކޮޅުއެރުވުމަށްފަހު، ސަފީރު ޤީލާ އަލީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ލަގްޒަމްބާގުގެ ދަ ގްރޭންޑް ޑިޔުކް އަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެ އާއި ލަގްޒަމްބާގު އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އެކަމަނާ އެރުވިއެވެ. އަދި މީގެ އިތުރުން، ލަގްޒަމްބާގުގެ ދަ ގްރޭންޑް ޑިޔުކް، ސަފީރު ޤީލާ އަށް މަރުހަބާ ވިދާޅުވެ ދިވެހިރާއްޖެ އާއި ލަގްޒަމްބާގު އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެ ޤައުމުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޤީލާ އަރިހުގައި އެކަމަނާގެ ފިރިކަލުން، އަލްފާޟިލް އަބްދުﷲ މުޝްރިފް އަދި ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ، އަލްފާޟިލް މުހައްމަދު ޝައްފާއު އިބްރާހިމް ބައިވެރިވެވަޑައިގަތެވެ.

 

މިއަދު އޮންލައިން