ބިނާވެހި ޕްރޮގްރާމްގެ ތިންވަނަ ބެޗް ދަނީ ކުރިއަށް: އާރްޑީސީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ބިނާވެހި ޕްރޮގްރާމްގެ ތިންވަނަ ބެޗް ދަނީ ކުރިއަށް: އާރްޑީސީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހިންގަމުންދާ ބިނާވެހި ޕްރޮގްރާމްގެ ތިންވަނަ ބެޗް މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ބިނާވެހި ޕްރޮގްރާމަކީ ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ، މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހޯދައިދިނުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ "ދަސްވާރު" ޕްރޮގްރާމްވެސް މި ޕްރޮގްރާމްގެ ދަށުން ހިންގަމުންދެއެވެ.

ޢަލީ ޒުހައިރު ވިދާޅުވި ގޮތުގައި، އާރްޑީސީން ތަފާތު ދާއިރާތަކުން ވަޒީފާގެ ފުރުސަތު ފަހިކޮށްދެމުންދާ ކަމަށާއި، ކުރިއަށްދާން ބޭނުންވާ އަދި ގާބިލް ފަރާތްތަކަށް ފުރުސަތު ދެމުންދާނެއެވެ.

"މިހާތަނަށް ބިނާވެހި ޕްރޮގްރާމްގެ ދެ ބެޗެ ބެޗެއް ވަނީ ނިންމާލެވިފައި. ފުރަތަމަ ބެޗްގައި 11 ދަރިވަރުން، ދެވަނަ ބެޗްގައި 6 ދަރިވަރުން ބައިވެރިވެފައިވޭ. މިހާރު ކުރިއަށްދާ ތިންވަނަ ބެޗްގައި 5 ދަރިވަރުން ބައިވެރިވެފައިވާ," ޒުހައިރު ވިދާޅުވިއެވެ.

ބިނާވެހި ޕްރޮގްރާމަކީ 6 މަސް ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އާރްޑީސީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ބިނާވެހި ފުރަތަމަ ބުރުގައި ދަރިވަރުންނަށް ތަފާތު 12 ދާއިރާއަކުން ތަޖުރިބާ ހޯދުމުގެ މަގު ފަހިކޮށްދީފައިވެއެވެ. މި ދާއިރާތަކުގެ ތެރޭގައި އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ސެކިއުރިޓީ އެންޑް ސޭފްޓީ، އިންވެންޓްރީ، އައި.ސީ.ޓީ، ލޮޖިސްޓިކްސް، ޕްރޮޑަކްޝަން، އެޗް.އާރް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން، ސޭލްސް އެންޑް މާކެޓިންގ އަދި ޕަބްލިކް ރިލޭޝަންސް ހިމެނެއެވެ.

މި ޕްރޮގްރާމްގެ ސަބަބުން ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބި، ވަޒީފާގެ މައިދާނަށް ނުކުތުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން