ދެގައުމު ގުޅިގެން ކުރިޔަށް ގެންދެވޭނެ ކަންކަމާ ގުޅޭގޮތުން ސައޫދީ ވަލީ އަޙްދް ރައީސް ޑރ.މުޢިއްޒު އާ ބައްދަލް ކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
ދެގައުމު ގުޅިގެން ކުރިޔަށް ގެންދެވޭނެ ކަންކަމާ ގުޅޭގޮތުން ސައޫދީ ވަލީ އަޙްދް ރައީސް ޑރ.މުޢިއްޒު އާ ބައްދަލް ކުރައްވައިފި

ސައޫދީއަރަބިއްޔާ އާއި ދިވެހިރާއްޖެ ގުޅިގެން ކުރިޔަށް ގެންދެވިދާނެ ކަންކަމަކީ ކޮބައިތޯ ބެއްލެވުމަށް ސައޫދީ ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ބައްދަލް ކުރައްވައިފިއެވެ.

މިނާގައި ހުންނަ ރޯޔަލްކޯޓް ގަނޑުވަރުގައި ހޮނިހިރު ދުވަހު ބޭއްވުނު ބައްދަލް ކުރެއްވުމުގައި ދެލީޑަރުން އަލްހާ އީދުގެ ތަހުނިޔާ ބަދަލް ކުރައްވާފައި ވެއެވެ. މީގެ އިތުރުން ދެގައުމު ދެމެދުގައިވާ ގުޅުންތައް އިތުރު ދާއިރާ ތަކުން ބަދަހި ކުރެވޭނެ ގޮތް ތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

މިބައްދަލުކުރެއްވުމުގައި ސައޫދީ ސަރުކާރުގެ އިސްބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ. މީގެ ތެރޭގައި މައްކާ ސަރަހައްދުގެ ޑެޕިއުޓީ ގަވަނަރު ޕްރިންސް ސައުދު ބިން މިޝާލް ބިން އަބްދުލް އަޒީޒް، މިނިސްޓަރ އޮފް ސްޕޯޓްސް، ޕްރިންސް އަބްދުލް އަޒީޒް ބިން ތުރުކީ އަލް ފައިސަލް،މިނިސްޓަރ އޮފް އިންޓީރިއަރ ޕްރިންސް އަބްދުލް އަޒީޒް ބިން ސައުދް ބިން ނާއިފް، މިނިސްޓަރ އޮފް ޑިފެންސް ޕްރިންސް ޚާލިދު ބިން ސަލްމާން އަދި މިނިސްޓަރ އޮފް ފޮރިން އެފެއާސް ޕްރިންސް ފައިސަލް ބިން ފަރްހާން ހިމެނި ވަޑައިގެންނެވިއެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ.މުޢިއްޒު ގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާސް ޑރ. އަބްދުﷲ ޚަލީލްގެ އާއި ދިވެހި ވަފްދުގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. 

ސައޫދީ ގެޒެޓް ބުނާ ގޮތުން ސައޫދީ އަރަބިއްޔާއިން މިވަގުތު ގެންދަނީ،ޑިޕްލޮމެޓިކް އަދި އިގްތިސާދީ ގޮތުން ދެކުނު އޭޝިޔާގެ ގައުމުތަކާއެކު އޮންނަ ގުޅުންތައް ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ރައީސް ޑރ.މުޢިއްޒު އާ އެކު ބޭއްވުނު ބައްދަލް ވުމަކީވެސް މިމަސައްކަތުގެ ތެރޭން ބޭއްވުނު ބައްދަލް ވުމެއްކަމަށް އެނޫހުގައި ބުނެފައި ވެއެވެ.

މިއަދު އޮންލައިން