ދެ ޖިންސު ވަކިން ލ. ގަމުގައި ފޯރިގަދަ ސަގާފީ ލަނގިރީގެ ހަރަކާތްތަކެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ދެ ޖިންސު ވަކިން ލ. ގަމުގައި ފޯރިގަދަ ސަގާފީ ލަނގިރީގެ ހަރަކާތްތަކެއް ބާއްވައިފި

މި އަހަރުގެ އަޟްޙާ ޢީދު ލ. ގަމުގައި ފާހަގަކުރުމުގެ ގޮތުން ވަޅު ޢީދު ދުވަހުގެރޭ ވަރަށް ފޯރިގަދަ ސަގާފީ ލަނގިރީގެ ހަރަކާތްތަކެއް ބާއްވައިފި އެވެ.

ލަނގިރި ހުށަހަޅައިދިނީ ތުނޑީ އަވަށުގެ ރައްޔިތުންގެ ފަރާތުންނެވެ. ތުނޑީ ސްޓޭޖް ސަރަހައްދުގައި ކުރިއަށްދިޔަ މި ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރު ޔޫސުފް ނަޝީދު ވަނީ ބެރުވެރިއެއްގެގޮތުން ބައިވެވަޑައިގެން މި ހަރަކާތް ފުރިހަމަކޮށްދެއްވާފަ އެވެ.

މި ހަރަކާތުގައި ފިރިހެނުންގެ ލަނގިރި ޖެހީ މުޅިން ވެސް ފިރިހެނުންނެވެ. އަންހެނުންގެ ލަނގިރި ޖެހީ އަންހެނުުންނެވެ. މި ލަނގިރި ހަރަކާތްތަކުގައި ދިވެހިންގެ ތެރޭގައި މިހާރު މަދުން ނޫނީ ނުފެންނަ ފަދަ އިހުގެ ސަގާފީ ލަނގިރީގެ ފުރިހަމަ ފަންނުވެރިކަން ދައްކުވައިދިނެވެ. އަދި މި ހަރަކާތަށް ގަމުގެ ކުދިބޮޑު އެންމެންގެ ތަރުހީބު ލިބިގެންދިޔަ އެވެ.

މި ފަދަ ކުޅިވަރުތައް ދެ ޖިންސު މަސްހުނިކޮށް ކުޅުމަކީ ދިވެހީން އިހަށް އެއް ގޮތަކަށް ވެސް ކޮށް އުޅުނުކަމެއް ނޫނެވެ. އެހެންކަމުން މިވުޒާރާއިން ތަރުޙީބު ދެނީ ދިވެހިވަންތަ އަސްލުތަކާ އެއް ގޮތަށް މިހާރު ވެސް އެ ފަދަ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން