ފިޔަވަތީގައި ތިބި ކުދިންނަށް އުފާވެރި ޢީދެއް: އެކި ފަރާތްތަކުން ހަދިޔާ ދިނުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ފިޔަވަތީގައި ތިބި ކުދިންނަށް އުފާވެރި ޢީދެއް: އެކި ފަރާތްތަކުން ހަދިޔާ ދިނުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފި

ބަރަކާތްތެރި އަޟްޙާ ޢީދުގެ އީދުގެ އުފާވެރި މުނާސަބަތުގައި ހުޅުމާލޭގެ ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންނަށް އެކި ފަރާތްތަކުން ހަދިޔާ ދިނުމުގެ ހަރަކާތްތަކެއް ކުރިއކެއް ކުރިއަށްގެންގޮސްފިއެވެ.

އެހީ ޖަމިއްޔާ، އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން، އަދި އަލް އަސްރުގެ ފަރާތުން ފިޔަވަތީގައި ތިބި ހުރިހާ ކުދިންނަށް ޢީދު ހަދިޔާ އަދި ޢީދު ކެއުން ހަދިޔާކޮށްފައިވެއެވެ. މި ހަރަކާތް ކުރިއަށްގެންދިއުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއާއި ފިޔަވަތި މެނޭޖްމަންޓުން ދެއްވި އެއްބާރުލުމަށް އެހީ ޖަމިއްޔާއިން ޝުކުރު އަދާކޮށްފައިވެއެވެ.

އެހީ ޖަމިއްޔާއިން މަޢުލޫމާތު ދެއްވިގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް މި ޖަމްޢިއްޔާތަކުން މަސައްކަތްކުރާނެއެވެ.

މީގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ވަނީ ފިޔަވަތީގައި ތިބޭ ކުދިންނަށް ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ. "ވަރަށް ލޯބިން" މި ނަމުގައި ހިންގުނު މި ހަރަކާތުގައި ހެޔޮއެދޭ ފަރާތަކުން ހަދިޔާކުރެއްވި މެންދުރު ކެއުމަކާއެކު ފުލުހުންގެ ފަރާތުން އެ ކުދިންނަށް ޢީދު ހަދިޔާ ދީފައިވެއެވެ.

މި އަހަރުގެ އަޟްޙާ ޢީދާ ދިމާކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ޝާމިލުވާނެހެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ ހަރަކާތްތަކުން ފިޔަވަތީގައި ތިބޭ ކުދިންނަށް އުފާވެރި ޢީދެއް ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން