ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އިންޓާންޝިޕްގެ ދެވަނަ ބެޗު ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އިންޓާންޝިޕްގެ ދެވަނަ ބެޗު ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގުޅިގެން ކުރިއަށް ގެންދާ އިންޓާންޝިޕް ޕްރޮގްރާމުގެ ދެވަނަ ވަނަ ބެޗު ފަށައިފިއެވެ.

ޖޫން މަހުގެ ދެވަނަ ދުވަހު ފެށިގެން ކުރިއަށްދާ މި ޕްރޮގްރާމަކީ 6 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ޕްރޮގްރާމެކެވެ. މި އިންޓާންޝިޕްގައި ނުކުޅެދުންތެރިކަން ހުންނަ ފަސް ފަރާތެއް ބައިވެރިވެފައިވާއިރު، މި ފަރާތްތަކަށް އާރްޑީސީގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކޮށް ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިވެގެން ދާނެއެވެ.

މި އިންޓާންޝިޕްގެ ފުރަތަމަ ބެޗްގައި ބައިވެރިވެ ޕްރޮގްރާމު ފުރިހަމަ ކުރި އެއް ފަރާތަކަށް އާރްޑީސީއިން ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވާފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން