ދީނީ އިލްމުވެރިޔާ ޝެއިޚް ފަރީދު ނިޔާވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 42ސ
ދީނީ އިލްމުވެރިޔާ ޝެއިޚް ފަރީދު ނިޔާވެއްޖެ!

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިބްރާހިމް ފަރީދު އަހުމަދު މިއަދު ނިޔާވެއްޖެއެވެ. އެނގިފައިވާ ގޮތުގައި ޝެއިޚް ފަރީދު ނިޔާވެވަޑައިގެންފައިވަނީ މެލޭޝިޔާގެ އެއާޕޯޓެއްގައި ހުންނަވަނިކޮށް، ކުއްލިއަކަށް ހާލު ދެރަވެގެންނެވެ.

ޝެއިޚް ފަރީދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އިލްމުވެރިއެކެވެ. އެމަނިކުފާނުގެ އުމުރުފުޅުގެ ގިނަ ދުވަސްތަކެއް ހޭދަކުރެއްވީ އިސްލާމްދީނުގެ ތަޢުލީމު ފެތުރުއްވުމަށާއި، ރާއްޖޭގެ ރައްޔިތުންނަށް ދީނީ ނަސޭހަތް ދެއްވުމަށެވެ.

މާތްﷲ ޝެއިޚް ފަރީދުގެ ފާފަފުއްސަވާދެއްވައި ރަހްމަތްލައްވަވައި ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރްދައުސްގައި ލައްވާށިއެވެ. އަދި ޝެއިޚްގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. އާމީން

 

އިތުރުތަފްސީލް އަންނަނީ...

މިއަދު އޮންލައިން