ޔޫއެންގެ ކަނޑުތަކާބެހޭ ޖަލްސާގައި ރާއްޖެއިން ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޔޫއެންގެ ކަނޑުތަކާބެހޭ ޖަލްސާގައި ރާއްޖެއިން ބައިވެރިވެއްޖެ

ޔޫއެންގެ ތިންވަނަ ކަނޑުތަކާބެހޭ ޖަލްސާ (ޔޫއެންއޯސީ3) ގައި ދިވެހިރާއްޖެއިން ބައިވެރިވެ، "ސެލެބްރޭޓިންގ ހައި ސީސް އެކްޝަން" ގެ ނަމުގައި ބޭއްވުނު ސައިޑް އިވެންޓެއްގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އޮނަރަބަލް ޠާރިޤް އިބްރާހީމް ވާހަކަފުޅު ދައްކަވައިފިއެވެ.

މި އިވެންޓަކީ ދިވެހިރާއްޖެއިން އިސްނަގައިގެން އެހެން ޤައުމުތަކާ ގުޅިގެން އިންތިޒާމުކުރި އިވެންޓެކެވެ. މިނިސްޓަރ ޠާރިޤް އިބްރާހީމް އޭގައި ދެއްކެވި ވާހަކަފުޅުގައި، ބީބީއެންޖޭ އެއްބަސްވުމުގައި ސޮއިކުރި ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުނު ފަހުން، ރާއްޖެއިން ހާސިލުކޮށްފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މީގެ އިތުރުން، މި އެއްބަސްވުން ތަންފީޒުކުރުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޚާއްޞަ ހާލަތުތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމަށް ދިވެހިރާއްޖެއިން ދެމިހުރި ކަމުގެ ޔަޤީންކަން މިނިސްޓަރ އާ ކުރެއްވިއެވެ. މިކަމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ވަރަށް މުހިންމު ކަމެއް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ކަނޑުތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ރާއްޖެއިން ދެމުންދާ އަހައްމިއްޔަތުކަމުގެ ހެއްކެކެވެ. އަދި މިފަދަ ބައިނަލްއަޤްވާމީ މަސްރަޙުތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ މުހިންމުކަން ވެސް މިއިން ފާހަގަކުރެވެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން