ރާއްޖެއިން ބީބީއެންޖޭ އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
ރާއްޖެއިން ބީބީއެންޖޭ އެއްބަސްވުމުގައި ސޮއިކޮށްފި

ދިވެހިރާއްޖެއިން ޤައުމީ އިޚްތިޞާޞުން ބޭރުގެ ދިރޭތަކެތީގެ ނަސްލުތަކާބެހޭ (ބީބީއެންޖޭ) އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއީ މި އެއްބަސްވުމުގައި ސޮއިކުރި ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިގެން ދިޔަ ކަމެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަކީ ކަނޑުގެ ދުޅަހެޔޮކަމާއި، ކަނޑުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިވެހިރާއްޖެއިން ދޭ އިސްކަމުގެ ހެއްކެކެވެ.

"މި އެއްބަސްވުމުގައި ސޮއިކުރުމަކީ ކަނޑުގެ ދުޅަހެޔޮކަމާއި، ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް،" މިނިސްޓަރ ވިދާޅުވިއެވެ.

ބީބީއެންޖޭ އެއްބަސްވުމަކީ ޤައުމީ އިޚްތިޞާޞުން ބޭރުގެ ސަރަޙައްދުތަކުގައި ހުންނަ ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް އެކުލަވާލެވިފައިވާ ބައިނަލްއަޤްވާމީ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުން ދިވެހިރާއްޖެއަކީ ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ފާހަގަކުރެވިގެންދާނެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން