ރާއްޖޭގައި ދަނޑުތަކުގައި އާންމުކޮށް ގަސްގަހާގެއްސަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުންވާ ބައެއް ބޭސް، ނުގަނެ ފަސޭހައިން ތައްޔާރުކޮށްލެވިދާނެއެވެ. މި ލިޔުމުގައި ބަލާލާނީ އިނގުރު ލޮނުމެދު ބޭސް ތައްޔާރުކުރާނެ ގޮތަށެވެ.
ބޭނުންވާ ތަކެތި
25 ގްރާމް އިނގުރު
50 ގްރާމް ލޮނުމެދު
25 ގްރާމް ފެހި ކުލައިގެ ތޮޅިމިރުސް
10 މިލިލީޓަރ ކަރާސީނު ތެޔޮ
12 މިލިލީޓަރ ދިޔާސައިބޯނި
3 ލީޓަރ ފެން
ބޭސް ތައްޔާރުކުރާނެ ގޮތް:
ކަރާސީނު ތެލަށް ލޮނުމެދު އަޅާފައި އެއްރޭ ވަންދެން ބަހެއްޓުމަށްފަހު ހިމުންކޮށް ފުނޑާލާށެވެ. އެއަށްފަހު 50 މިލިލީޓަރު ފެނާއި އެއްކޮށް މިރުސް ހިމުންކޮށް ފުނޑާލާށެވެ. ދެން އިގުރު ވެސް ހިމުންކޮށް ފުނޑާށެވެ. އަދި ފުނޑާފައި ހުރި ތަކެތި ފެނާއި އެއްކޮށްފައި ސައިބޯނިވެސް އެއްކޮށްލާށެވެ. އެއަށްފަހު ދެން ފުރާނާލާށެވެ.
ބޭނުންކުރާނެ ގޮތް:
ބޭސްޖަހާ ބުންބާއަށް އަޅާ ރަނގަޅަށް ގިރާލުމަށްފަހު ބަލިޖެހިފައިވާ ގަހަށް ސްޕްރޭކުރާށެވެ.
މި ބޭހުން ކޮންޓްރޯލްކުރެވޭނީ:
އެފިޑް
އާރމީ ވޯމް، ބޮލްވޯރމް
ފުރުޓް ބޯރަރ، ޝޫޓް ބޯރަރ
ސޮއިފަނި
ތްރިޕްސް
ހުދު ކޫޑި
- މަޢުލޫމާތު: ދަނޑުވެރިކަމާ ދިރާ ތަކެއްޗާބެހޭ ވުޒާރާ