9 ޖޫން 2025 ގައި މެލޭޝިޔާގައި އަވަހާރަވި ރާއްޖޭގެ ޢިއްޒަތްތެރި އިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދުގެ މައްޗަށް އަންނަ ހުކުރު ( 13 ޖޫން 2025) ގައި ހުކުރު ނަމާދަށް ފަހު، މާލޭގެ އިތުރުން މުޅި ރާއްޖޭގެ ހުރިހައި ރަށެއްގައި ހުކުރު ކުރާ މިސްކިތްތަކުގައި ޣައިބަށް ކަށު ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރިން ހަމޖައްސަވައިފިއެވެ.
އެހެންކަމުން ރަށްރަށު ކައުންސިލްތަކާއި އިމާމުން މިކަމަށް ސަމާލުވެލެއްވުމަށް އެދޭކަމަށާއި މިކަމާ ގުޅޭ ރަސްމީ ނޯޓް މިއަދު ކައުންސިލްތަކަށް ފޮނުވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.