ޝައިޚް ފަރީދު މި ވަގުތީ ދުނިޔެއާ އަބަދުގެ އަބަދަށް އަލްވަދާޢު ކީ އެންމެހައި ދިވެހިން ރޮއްވައިލައިފަ!: އިސްލާމީ ވަޒީރު ޑރ. ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޝައިޚް ފަރީދު މި ވަގުތީ ދުނިޔެއާ އަބަދުގެ އަބަދަށް އަލްވަދާޢު ކީ އެންމެހައި ދިވެހިން ރޮއްވައިލައިފަ!: އިސްލާމީ ވަޒީރު ޑރ. ޝަހީމް

ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދަކީ ދަޢުވަތުގެ މައިދާނުގައި ދިވެހިރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ އަގުހުރި ދިވެހި އިލްމީ ދަރިއެކެވެ. 

ޝައިޚު ފަރީދު، މި ވަގުތީ ދުނިޔެއާ އަބަދުގެ އަބަދަށް އަލްވަދާޢު ކީ އެންމެހައި ދިވެހިން ރޮއްވައިލައިފައެވެ. ޝައިޚު ފަރީދު ދަންނަ އެންމެހައި މީސްތަކުންގެ ހިތްތަކުގައި މިއަދު އާލާވަމުން ދަނީ އެ ބޭފުޅާގެ ހެޔޮ ހަނދާންތަކެވެ. 

އެ ބޭފުޅާއަކީ ހިތްވަރު ގަދަ، ޚުލްޤު ހެޔޮ، މީހުންނާ ގާތް ރަޙުމަތްތެރި ބޭފުޅެކެވެ. އެ ބޭފުޅާގެ އަސަރުގަދަ ދަރުސްތަކުގެ ސަބަބުން ހިތަށް ފުން އަސަރެއް ކުރުވިއެވެ. އެ ބޭފުޅާގެ ރީތި އަޑުފުޅުން ކީރިތި ޤުރްއާން ތިލާވަތުކުރައްވައެވެ. މުޅި ޙަޔާތް ހޭދަކުރެއްވީ އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައެވެ. ދުނިޔެއާ ވަކިވެގެން އެ ދިޔައީ ވެސް އެ މަގުގައި ހިންގަވައިފައި ވަޑައިގަންނަވަނިކޮށެވެ. 

މާތް ﷲ ޝައިޚް ފަރީދުއަށް ހެޔޮ ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށިއެވެ! ޝައިޚު ފަރީދު ފަދަ ބޭފުޅުންގެ ޙަޔާތުން ފިލާވަޅުތައް ލިބިގަނެ، އެ ބޭފުޅުން ކޮށައިދެއްވި މަގުން ހިނގައި، އިސްލާމް ދީނާއި ވަޠަނުގެ ދިފާޢުގައި ދެމި ތިބޭނެ ޒުވާން އިލްމީ ޖީލެއް ބިނާކުރުމުރުމުގެ ބުރަ ބޮޑު މަސްއޫލިއްޔަތު އަޅުގަނޑުމެންގެ ކޮނޑުގައި މިއަދު މި ވަނީ އެޅިފައެވެ.

 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

މިއަދު އޮންލައިން