ޝައިޚް ފަރީދުގެ ޖަނާޒާ ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ޝައިޚް ފަރީދުގެ ޖަނާޒާ ބާއްވައިފި

މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅަށް އިއްޔެ ދަތުރުފުޅު ކުރެއްވެވި ފަޟީމަތުއްޝައިޚް އިބްރާހީމް ފަރީދު ރަޙިމަހުﷲ ގެ ޖަނާޒާ މިއަދު މެލޭޝިޔާގައި ބާއްވައިފިއެވެ.

ޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާ ބޭއްވުނީ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ސެލަންގޯގެ ހާޖީ ފީސަބީލިﷲ މިސްކިތުގައެވެ. މޫނު ދެއްކުން ކުރިއަށް ގެންގޮސްފައިވަނީ މެލޭޝިޔާ ގަޑިން ހެނދުނު 11:00 އިން 12:30 އަށެވެ. ޖަނާޒާގެ އެންމެހައި ކަންކަން ނިމުމަށްފަހު، ޝައިޚް ފަރީދުގެ ހަށިކޮޅު ވަޅުލެވުނީ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައެވެ.

ޝައިޚް ފަރީދު އަވަހާރަވުމާއި ގުޅިގެން ހަށިކޮޅު ރާއްޖެ ގެނައުމަށް އާއިލާއިން މަސައްކަތް ކުރިނަމަވެސް، މެލޭޝިޔާގެ އުޞޫލުތައް އޮންނަގޮތުން އެޤައުމުން ބޭރަށް ގެންދާނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހެއެވެ. މިކަމަށް ރިޢާޔަތްކޮށް، އާއިލާއިން ވަނީ ޖަނާޒާ މެލޭޝިޔާގައި ބޭއްވުމަށް ނިންމާފައެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު ރާއްޖޭގެ ހުރިހާ ހުކުރުކުރާ މިސްކިތްތަކެއްގައި ޝައިޚް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން