ޝައިޚް ފަރީދުގެ ޖަނާޒާގެ ކަންކަން ކޮށްދެއްވި ފުރިހަމަކަމަށްޓަކައި ރައީސާއި ދިވެހި ސަރުކާރަށް ފަރީދުގެ އާޢިލާއިން ޝުކުރު އަދާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޝައިޚް ފަރީދުގެ ޖަނާޒާގެ ކަންކަން ކޮށްދެއްވި ފުރިހަމަކަމަށްޓަކައި ރައީސާއި ދިވެހި ސަރުކާރަށް ފަރީދުގެ އާޢިލާއިން ޝުކުރު އަދާކޮށްފި

މަރުޙޫމް ޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާގެ ކަންކަން ފުރިހަމަކޮށްދެއްވި ގޮތާމެދު ހިތްހަމަޖެހި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ދިވެހި ސަރުކާރަށް ފަރީދުގެ އާޢިލާއިން މިއަދު ޝުކުރު އަދާކޮށްފިއެވެ.

ޝައިޚް ފަރީދުގެ އާއިލާއިން ވިދާޅުވެފައިވަނީ، ޖަނާޒާގެ ކަންތައްތައް ފުރިހަމަ ކޮށްދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މީގެ އިތުރުން، މެލޭޝިޔާގެ އެމްބެސަޑަރާއި ހައިކޮމިޝަންގެ ހުރިހާ މުވައްޒަފުންނަށާއި، ޖަނާޒާގެ ކަންކަން ފުރިހަމަކޮށްދެއްވުމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށްވެސް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައިވެއެވެ.

އާއިލާއިން އިތުރަށް ފާހަގަކޮށްފައިވަނީ، މަރުޙޫމް ފަރީދުގެ އާއިލާއަށް ތަޢުޒިޔާ ފޮނުވި ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާކުރާ ކަމަށެވެ.

ޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާ ބޭއްވުނީ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ސެލަންގޯގެ ހާޖީ ފީސަ ފީސަބީލިﷲ މިސްކިތުގައެވެ. އަދި އެމަނިކުފާނު ފަސްދާނުލެވުނީ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައެވެ.

ޝައިޚް ފަރީދަކީ ދިވެހިރާއްޖޭގެ އިސްލާމްދީން ފެތުރުއްވުމުގައި ދީނީ ދަރުސްދެއްވުމުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި ބޭފުޅެކެވެ.

މިއަދު އޮންލައިން