އަރިދަފުސް ރޯގާއާއި ވައިރަލް ހުން ފެތުރެމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އަރިދަފުސް ރޯގާއާއި ވައިރަލް ހުން ފެތުރެމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ޙައްޖާޖީން ރާއްޖެ އެނބުރި އަންނަ ދުވަސްވަރު އަރިދަފުސް ރޯގާއާއި ވައިރަލް ހުން ފެތުރެމުންދާތީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްޔިތުންނަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މި ދެ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ރައްޔިތުން އަމަލުކުރަންޖެހޭ މުހިންމު ކަންތައްތަކެއް ވެއެވެ. އޭގެ ތެރޭގައި ކެއްސާއިރު އަނގަމަތީގައާއި ނާއި ނޭފަތުގައި ޓިޝޫ ބޭނުންކުރުމާއި، މާސްކާއި ޓިޝޫ ރައްކާތެރިކަމާއެކު ނައްތާލުން ހިމެނެއެވެ.

މިކަމަށް ގޭގައި ދެވޭނެ ފަރުވާގެ ގޮތުގައި ދިޔާތަކެތި ބޭނުންކުރުމާއި، އަރާމުކުރުމާއި، ގައިގައި ފެންހޭކުން ހިމެނޭ ކަމަށެވެ. އަދި ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލާ ބޭނުން ނުކުރުމެވެ.

ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ޚާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތައް މިފަދަ ތަންތަނަށް ނުދިއުމަށް ޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި އަހަރުގެ ޙައްޖު މޫސުމުގައި ގާތްގަނޑަކަށް 1000 އަށްވުރެ ގިނަ ދިވެހިން ބައިވެރިވެފައިވާއިރު، އެ ފަރާތްތައް އަންނަ ދުވަސްވަރު ޞިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިއަދު އޮންލައިން