ސަމާލުވޭ! ސްކޭމް މެސެޖްތަކެއް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ދަނީ ފޮނުވަމުން!

މިއަދު
ކިޔުމަށް ހޭދަވާނީ 42ސ
ސަމާލުވޭ! ސްކޭމް މެސެޖްތަކެއް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ދަނީ ފޮނުވަމުން!

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ކޯޕަރޭޝަނުން އާންމުންނަށް އިލްތިމާސްކޮށްފިއެވެ. މި މައްސަލަ ފާހަގަކުރެވުނީ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންގެ ފޯނުތަކަށް މިފަދා މެސެޖްތައް ލިބެމުންދާކަން ކޯޕަރޭޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ އެކޯޕަރޭޝަންގެ ނަމުގައި އެއްވެސް ފަރާތަކަށް ލިންކް ފޮނުވައިގެން ފައިސާ ދެއްކުމަށް އަންގާ މެސެޖެއް ނުފޮނުވާނެ ކަމަށާއި އަދި ހަމައެހެންމެ، އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށްވެސް ނާންގާނެ ކަމަށެވެ.

ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތަކަށް ފައިސާ ބަލައިގަންނާނީ ހަމައެކަނި ކޯޕަރޭޝަންގެ ނަމުގައި ހުޅުވާފައިވާ ރަސްމީ އެކައުންޓްތަކަށް ކަމަށްވެސް އެކޯޕަރޭޝަނުން ބުނެފައިވެއެވެ. 

މިއަދު އޮންލައިން