ޔަހޫދީ އީރާނަށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ރައިސް ޑރ.މުޢިއްޒު ކުށްވެރިކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ޔަހޫދީ އީރާނަށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ރައިސް ޑރ.މުޢިއްޒު ކުށްވެރިކުރައްވައިފި

އިސްރާއީލުން އީރާނަށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުށްވެރިކުރައްވައިފިއެވެ.

މިކަމާ ގުޅިގެން ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިސްރާއީލުގެ މި ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލުތަކެއް ކަމަށާއި، މިކަމުގެ ސަބަބުން ސަރަޙައްދީ ހަމަނުޖެހުން އުފެދިގެންދާނެ ކަމަށެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ވަގުތުން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. މި ހަމަލާގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީއާއި އީރާނުގެ ހަތިޔާރުއެޅި ބާރުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބަޣާރީ އަދި އެމަޖެންސީ ކޮމާންޑުގެ ކޮމާންޑަރު ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން 6 ނިއުކްލިއަރ ސައިންޓިސްޓުންވެސް ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުން މި ހަމަލާ ދީފައިވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިޔަރ މަރުކަޒުތަކަށް ކަމަށްބުނެއެވެ. މި ހަމަލާއަކީ ސަރަޙައްދުގެ ސުލްޙަވެރިކަމަށް ނުރައްކާވެދާނެ ކަމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

 

މިއަދު އޮންލައިން