ބީއެމްއެލްގެ ކަސްޓަމަރުންގެ ކާޑުތައް ޑެލިވަރ ކުރުމަށް، މެއިލިން އެޑްރެސްތައް އަދާހަމަކުރުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ބީއެމްއެލްގެ ކަސްޓަމަރުންގެ ކާޑުތައް ޑެލިވަރ ކުރުމަށް، މެއިލިން އެޑްރެސްތައް އަދާހަމަކުރުމަށް އިލްތިމާސްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ކަސްޓަމަރުންގެ ކާޑުތައް ޑެލިވަރ ކުރުމަށްޓަކައި، ކަސްޓަމަރުންގެ މެއިލިން އެޑްރެސްތައް އަދާހަމަކުރުމަށް އިލްތިމާސްކޮށްފިއެވެ. މިކަމާ ގުޅިގެން ބީއެމްއެލްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މާލޭ ސަރަހައްދުގައި ދިރިއުޅޭ ކަސްޓަމަރުންގެ ކާޑު މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ސީދާ ކަސްޓަމަރުންގެ ގެއަށް ފޮނުވައިދިނުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ.

ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓެރެޓެޖީ މުޙައްމަދު ސަޢީދު ވިދާޅުވީ، "މެއިލިން އެޑްރެހުގެ ގޮތުގައި ދާއިމީ އެޑްރެސްވެސް ދީފައި އޮންނަކަން ފާހަގަކުރެވޭ. އެހެންކަމުން އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް އެޑްރެސް އަޕްޑޭޓް ކޮށްލުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން" ކަމަށެވެ.

މީގެއިތުރުން، ބީއެމްއެލްއިން ވަނީ ކާޑު ކަސްޓަމަރާއި ހަމައަށް ނުފޯރަނީސް އެކްޓިވޭޓް ނުވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ބޭންކުން ކާޑު އެކްޓިވޭޓް ނުކުރާކަން ފާހަގަކޮށް، އެކަން ކުރާނީ ކަސްޓަމަރު އަމިއްލައަށްކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

މި އިލްތިމާސްގެ މަޤްޞަދަކީ ކަސްޓަމަރުންނަށް އެމީހުންގެ ކާޑުތައް ފަސޭހަކަމާއެކު ލިބިދިނުމާއި، ކާޑު ޑެލިވަރީގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމެވެ. ބީއެމްއެލްއިން ކަސްޓަމަރުންނަށް ގޮވާލާފައިވަނީ މި މުހިންމު މަޢުލޫމާތު ވީ އެންމެ އަވަހަކަށް އަދާހަމަކޮށްދިނުމަށެވެ.

މިއަދު އޮންލައިން