އިސްރާއީލުގެ އީރާނަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
އިސްރާއީލުގެ އީރާނަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިސްރާއީލުން އީރާނަށް ދިން ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާގުޅިގެން ދިވެހި ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ކުރި މި ޢަމަލަކީ މެދުއިރުމަތީގެ ސުލްޙައާއި ސަލާމަތަށް ހުށަހެޅިގެންދާ ނުރައްކަލެއް ކަމަށެވެ. އަދި މި ޢަމަލުގެ ސަބަބުން ސަރަޙައްދުގެ ސަލާމަތަށް އިތުރު ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ޣައްޒާއަށް މެދުކެނޑުމެއްނެތި ދެމުންގެންދާ ހަމަލާތަކާ ދިމާކޮށް އީރާނަށް ދިން މި ހަމަލާއާ ގުޅިގެން މުޅި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މީގެ ސަބަބުން އަސަރުފޯރާނެ," ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައިވަނީ އިސްރާއީލުން ކުރަމުންދާ ޣައިރު ޤާނޫނީ ޢަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. އަދި ސަރަޙައްދުގެ މަޞްލަޙަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައިވެއެވެ.

 

މިއަދު އޮންލައިން