ފަސްލައްކަ ގަސް އިންދަން ސްޓެލްކޯއިން ވެފައިވާ ވަޢުދު ފުއްދަން މިހަފްތާގަވެސް ފަނަރަހާސް ގަސް އިންދައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ފަސްލައްކަ ގަސް އިންދަން ސްޓެލްކޯއިން ވެފައިވާ ވަޢުދު ފުއްދަން މިހަފްތާގަވެސް ފަނަރަހާސް ގަސް އިންދައިފި!

ފަސް މިލިއަން ގަސް އިންދުމަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދު ފުރިހަމަކުރުމަށް، ސްޓެލްކޯއިން ވަޢުދުވެފައިވާ ގޮތަށް 500،000 ގަސް އިންދުމުގެ އަމާޒަށް ވާޞިލްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ އެކުންފުނިން ހިދުމަތްދޭ ރަށްރަށުގައި ހަފްތާ ބަންދުތަކުގައި ދަނީ ގަސް އިންދުމުގެ ހަރަކާތްތަކެއް ހިންގަމުން ކަމަށާއި މާތްﷲގެ އިރާދަފުޅާއެކު ރައީސްގެ ވައުދު ފުއްދެވުމަށް ސްޓެލްކޯއިން އަމާޒުހިފާފައިވާ ގޮތަށް ފަސްލައްކަ ގަސް އިންދާނެ ކަމަށެވެ! 

މިއަދުނޫހަށް މަޢުލޫމާތުލިބިފައިވާ ގޮތުގައި މިހަފްތާ ބަންދުގައިވެސް ސްޓެލްކޯއިން ވަނީ 15000 ގަސް އިންދައިފައެވެ. އަދި އިންދަމުން ގެންދަނީ އެގަސްތަކުން ރައްޔިތުންނަށް ފައިޑާކުރާނެ ގަސްތަކެވެ. އެގޮތުން ގަސް އިންދައި ހައްދަން ޝައުޤުވެރިވާ މީހުންނަށް ތަރުކާރީ އާއި އެހެންބާވަތްތަކުގެ މުޑުވައްވެސް ސްޓެލްކޯއިން ދެއެވެ. 

ސްޓެލްކޯއިން ބުނެފައިވަނީ ސްޓެލްކޯއިން އިންދާ ގަސްތައް ހެއްދުމަށްވެސް އެކުންފުނީގެ މުވައްޒިފުން މަސައްކަތްކުރާނެ ކަމަށާއި މަސައްކަތް ނިމިގެންދާއިރު ގަސްތައް ހެދިފައިވާކަން މުވައްޒިފުން ބަލާނެ ކަމަށެވެ.

މިއަދު އޮންލައިން