އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަން 2025 އަށް ރެޖިސްޓަރ ވުމުގެ ސުން ގަޑިއަކީ މިއަދުގެ 23:59 އެވެ.
މި ހަރަކާތަކީ ހުރިހާ އުމުރުފުރައެއްގެ ބައިވެރިންނަށް ވެސް ހިތްގައިމު މަޖާ އަދީ އާއިލާ އާއ ރައްޓެހިންނާއިއެކު ބައިވެރި ގުޅުން ބަދަހި ކުރެވޭނެ ރަންއެކެވެ. އަދި އައްޑޫސިޓީގެ މަގުތަކަށް ކުލައާއި އުފާވެރިކަމާއި ހަކަތަ ގެނެސްދޭނެ އީދެކެވެ. އުރީދޫ ފަން ރަން އަކީ ފިޓްނަސް އަދި މަޖަލާ އެކުގައި ބާއްވާ އެންމެ އުފަވެރި 5ކޭ ދުވުމެކެވެ.
ދުވުންތެރިންނަށް މަގުމަތީގައި ކުލަ ޖެހިމާއި މިއުޒިކް އަދި އިންފްލެޓޭބަލް ސްޓޭޝަންތަކަށް ފަރުމާކުރެވި އާއިލާތަކާއި ރައްޓެހިން ގުޅާލައި، އެކުގައި އުޅެވޭނެ ކާނިވަލެއް ފަދަ މާހައުލެއް ގާއިމުކުރެވިގެންދާނެއެވެ.
މި އިވެންޓުގެ ޖާގަ ކަށަވަރު ކުރުމަށް 15 ޖޫން 2025 ގެ 23:59 ކުރިން ބައިވެރިން ރަޖިސްޓްރީވުމަށް ހަނދާންކޮށްދެމެވެ.
ސްޓޭންޑަޑް ކިޓް: 110 ރުފިޔާ (ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް)
ފަން ކިޓް: 210 ރުފިޔާ (ފަން ރަން ޓީޝާޓް، ރިސްޓްބޭންޑް، ދަބަސް، އައިގްލާސް، ބަނޑާނާ).
އުރީދޫ ފަން ރަން އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް މީހުނެއް ބައިވެރިވާ، އިޖުތިމާއީ އަދި ދުޅަހެޔޮކަމުގެ އީދެކެވެ.