ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް" ރިޕޯޓް އިފްތިތާހުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް" ރިޕޯޓް އިފްތިތާހުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަޠީފް މިއަދު "ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް" ރިޕޯޓް އިފްތިތާހުކުރައްވައިފިއެވެ. މި ރިޕޯޓަކީ މަތީ ތަޢުލީމުގެ ވުޒާރާއާއި ވާރލްޑް ބޭންކުގެ "ސެއިލްސް" މަޝްރޫޢުގެ ދަށުން 2024 ވަނަ އަހަރު ކުރެވުނު ދިރާސާއެއްގެ ނަތީޖާއެވެ.

މި ދިރާސާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގައި މިވަގުތު ހުރި ތަމްރީނާއި ވަޒީފާގެ ބޭނުންތަކުގެ ފަރަގު ދެނެގަތުމާއި، ޤައުމަށް ބޭނުންވާ ހުނަރުތަކުގެ މަގުޗާޓެއް އެކުލަވާލުން ހިމެނެއެވެ. މީގެ އިތުރުން، ލޭބަރ މާކެޓް އިންފޮމޭޝަން ސިސްޓަމެއް ޤާއިމުކުރުމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމަށްވެސް މި ދިރާސާއިން މަގުފަހިކުރާނެ ކަމަށް ބެލެވެއެވެ.

މި ދިރާސާގެ މަސައްކަތް ގުޅިފައިވަނީ ސަރުކާރުގެ އަމާޒެއްކަމުގައިވާ ހުރިހާ ދިވެހިންނަށް ވަޒީފާ ފަހިކުރުމުގެ ސިޔާސަތާއެވެ. މިގޮތުން ވަޒީފާގެ ފުރުޞަތު ފަހިކުރުމުގެ ސިޔާސަތުތައް ފުރިހަމަ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެކަށައެޅުމަށްޓަކައި ކޮށްފައިވާ މި ދިރާސާގައި މުޅި ރާއްޖެ ހިމެނޭހެން އިޤްތިޞާދީ 7 ދާއިރާއަކުން މަޢުލޫމާތު އެއްކޮށްފައިވެއެވެ.

މިދިރާސާގައި ފާހަގަ ކުރެވިފައިވާ ގޮތުގައި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ވަޒީފާގެ ފުރުޞަތުތައް އެންމެ އިތުރުވެގެންދާނެ ކަމުގައި ފާހަގަ ކޮށްލެވޭ އެންމެ މުހިއްމު ދާއިރާތަކަކީ ޓުއަރިޒަމް، ކޮންސްޓްރަކްޝަން، ހެލްތް، ދާއިރާ އަދި އައި.ސީ.ޓީ ދާއިރާއެވެ.

މިއަދު އޮންލައިން