ރާއްޖެއާއި ވިއެޓްނާމްގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު، ޑރ.އަބްދުﷲ ޚަލީލު ތަހުނިޔާ ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ރާއްޖެއާއި ވިއެޓްނާމްގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު، ޑރ.އަބްދުﷲ ޚަލީލު ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖެއާއި ވިއެޓްނާމް އާ ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު، ބުއި ތަންހް ސަން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ.އަބްދުﷲ ޚަލީލު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‎މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

‎"ދިވެހިރާއްޖެއާއި ވިއެޓްނާމްއާ ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، މަނިކުފާނަށާއި ވިއެޓްނާމް ސަރުކާރަށް އަދި ވިއެޓްނާމްގެ ރައްޔިތުންނަށް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ދިވެހިރާއްޖެއާއި ވިއެޓްނާމާއި ދެމެދުގައި އޮންނަ އެކުވެރި ގާތްގުޅުން ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަނީ އިތުރަށް ބަދަހިވެފައެވެ. އަދި، ދެޤައުމުގެމެދުގައި ބަދަހިވަމުން އަންނަ ގާތް ރަޚްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ދެޤައުމުގެ ތަރައްޤީއާ ރައްޔިތުންގެ މަންފާއަށް ވިއެޓްނާމްއާއިއެކު ގާތުން މަސައްކަތްކުރުމަށް އަޅުގަނޑު އުންމީދުކުރަމެވެ.

މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތާއި ވެއެޓްނާމްގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ."

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން