މިނިސްޓްރ އޮފް ހެލްތުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވަލާއިފިއެވެ.
ސިވިލްސަރވިސްގެ އިޢުލާންގައިވަނީ މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ،މިނިސްޓްރީ އޮފް ހެލްތުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމު 09 އޮގަސްޓު 2025 ގައި ހުސްވާނެތީ ، ޤާނޫނު ނަންބަރު 5/2007 )ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު( އާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް ހެލްތަށް ޕަރމަނަންޓް ސެކްރެޓަރީއަކު ހަމަޖެއްސުމަށްޓަކައިކަމަށެވެ.
މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު؛ ސަރުކާރުގައި ނުވަތަ ޕަބްލިކް ޕްރައިވެޓް ނުވަތަ ޤައުމ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު؛ ސަރުކާރުގައި ނުވަތަ ޕަބްލިކް ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ހިމެނޭ ކަމަށް އިޢުލާންގައިވެއެވެ.
މިމަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން 06 ޖުލައި 2025 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ހުށަހެޅުމަށް އިއުލާންކޮށްފައިވާއިރު، ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް mv.gov.csc@admin މެދުވެރިކޮށް ވެސް ބަލައިގަނެވޭނެ ކަމަށް ސިވިލްސަރވިސް އިއުލާންގައިވެއެވެ.
ހަބަރު: ސަރުކާރު