ސިއްޙީ ކުއްލި ޙާލަތްތަކާއި ގުޅޭ ކަންކަން ހަރުދަނާކުރުމަށް ވޯކްޝޮޕެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ސިއްޙީ ކުއްލި ޙާލަތްތަކާއި ގުޅޭ ކަންކަން ހަރުދަނާކުރުމަށް ވޯކްޝޮޕެއް ބާއްވައިފި

ސިއްޙީ ކުއްލި ޙާލާތްތަކަށް ތައްޔާރުވުގައި މިހާރަށްވުރެ ހަރުދާނާ ސިޔާސަތެއްގެ ތެރެއިން މަސައްކަތް ކުރުމާއި ގުޅޭގޮތުން ވޯކްޝޮޕެއް ބާއްވައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)އާ ގުޅިގެން ބޭއްވި މި ވޯކްޝޮޕް މިމަހުގެ 18 އިން 19 އަށް ކުރިއަށްދާނެއެވެ.

މި ވޮކްޝޮޕް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޡިމް އިބްރާހިމެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤްސަދަކީ ސިއްޙީ ކުއްލި ޙާލާތްތަކުގައި މަދަނީ އަދި މިލިޓަރީ ފަރާތްތަކުން ގުޅިގެން އިތުރަށް ކުރިއަށް ގެންދެވޭނެ ހަރަކާތްތައް ހޯދާ، ކުރިއާލާ ތަރުތީބު ވެގެން ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަންކަން ރާވާ، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ޞިއްހީ ޤަވާއިދުތަކާއި އެއްގޮތަށް ހަރަކާތްތައް އިންތިޒާމު ކުރެވިގެން ދިޔުމެވެ.

މި ވޯކްޝޮޕުގައި ޞިއްހީ ވުޒާރާ އަދި ޑަބްލިޔުއެޗްއޯގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާރވިސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ބައިވެރިވިއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން