ވިލިމާލެ ޒަމާންވީ މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށް ހެޔޮ އެދޭ ފަރާތަކުން ޝައުޤުވެރިކަން ފާޅުކުރައްވާފައިވާތީ 2 އަހަރު ތެރޭ ނިންމާގޮތައް އެފަރާތާ ޙަވާލުކުރަން ނިންމަވާފައިވާ ކަމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ މާތް ﷲ ވާގިފުޅާއިއެކު މިސްކިތް ބިނާކުރެވިގެންދާނީ ޤުރުއާން ކިޔަވައި ދިނުމާއި އިލްމީ ކަންކަމަށް ބޭނުންކުރެވޭ ކްލާސްރޫމްތައް ވެސް ހިމެނޭގޮތަށް ކަމަށެވެ.
މާފަންނު ބޮޑުގޭ މިސްހުރިތަނުގައާއި ޛިކުރާ މިސްކިތް ހުރިތަނުގައި ޒަމާނީ ފެންވަރުގެ މިސްކިތް އެޅުމަށް މިހާރުވެސް އަމިއްލަ ފަރާތްތަކުން ވަނީ ޙަވާލުވެފައެވެ.