ސިޔާސީ ޙަރަކާތްތައް ހިންގަން ފުރުޞަތު އިތުރުކޮށްދެވިއްޖެ! ޙަޤީޤަތް އޮޅޭ ގޮތަށް ވާހަކަ ނުދައްކާ!: ހީނާ ވަލީދު

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ސިޔާސީ ޙަރަކާތްތައް ހިންގަން ފުރުޞަތު އިތުރުކޮށްދެވިއްޖެ! ޙަޤީޤަތް އޮޅޭ ގޮތަށް ވާހަކަ ނުދައްކާ!: ހީނާ ވަލީދު

ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިއްމާދާރު ސިޔާސީ ޙަރަކާތްތައް ހިންގުމާއި، ޤައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.

ކުރިން ހުއްދަނެގުމަކާނުލާ، މީގެކުރިން އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ކާނިވާ ސަރަޙައްދަށް އެކަންޏެވެ. ނަމަވެސް އެކަން ބަދަލުކޮށް މިސަރުކާރުންވާނީ ކާނިވާ ސަރަޙައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)، އުސްފަސްގަނޑާއި ރަސްފަންނަކީވެސް ކުރިން ހުއްދަ ނެގުމަކާނުލާ ސިޔާސީ ހަރަކާތް ހިންގޭނެ ތަންތަން ކަމުގައި ކަނޑައަޅާފައެވެ.

އެހެންކަމުން މިގޮތަށް ކަނޑައެޅި، ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ޜޫލް އޮފްލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެކެވެ.

 

- ހީނާ ވަލީދު / ސަރުކާރުގެ ތަރުޖަމާނު

 

މިއަދު އޮންލައިން