އެސްޓީއޯގެ އެހީތެރިކަމާއެކު އިހަވަންދިއްޕޮޅުން ކޮންޓެއިނަރ އުފުލާ އުޅަނދަކަށް 250 ޓަނުގެ ތެޔޮ ފޯރުކޮށްދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
އެސްޓީއޯގެ އެހީތެރިކަމާއެކު އިހަވަންދިއްޕޮޅުން ކޮންޓެއިނަރ އުފުލާ އުޅަނދަކަށް 250 ޓަނުގެ ތެޔޮ ފޯރުކޮށްދީފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރޭ ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، އުތުރު މެރިޓައިމް ސަރވިސް (ޔޫއެމްއެސް) ގެ ދަށުން "ވިންޑް 2" ނަމަކަށް ކިޔާ ކޮންޓެއިނަރ އުފުލާ އުޅަނދަކަށް އިހަވަންދިއްޕޮޅު އޮފް ޕޯޓް ލިމިޓްސް (އޯޕީއެލް) އިން ޕައިލޮޓޭޖްގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.

މި އުޅަނދު އައީ ބަންކަރިންގއަށް ކަމަށާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އެހީއާއެކު 250 މެޓްރިކް ޓަނުގެ ތެޔޮ މި އުޅަނދަށް ފޯރުކޮށްދީފައިވާ ކަމަށްވެސް އެމްޕީއެލްއިން ވަނީ ހާމަކުރައްވާފައެވެ.

އެމްޕީއެލްއިން ވިދާޅުވި ގޮތުގައި، މި ޚިދުމަތްތައް ފޯރުކޮށްދީފައިވަނީ ރޭގެ ވަގުތެއްގައި އިހަވަންދިއްޕޮޅު އޮފް ޕޯޓް ލިމިޓްސް (އޯޕީއެލް) އިންނެވެ.

ޕައިލޮޓޭޖް ޚިދުމަތަކީ ބަނދަރަށް ވަންނަ އުޅަނދުފަހަރަށް އެހީތެރިވުމަށް ދެވޭ މުހިންމު ޚިދުމަތެކެވެ. 

ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، 'ވިންޑް 2' އަކީ ކެންޔާގެ މޮމްބާސާއިން ފުރައިގެން އިންޑިޔާގެ ވިޒިންޖަމްއަށް ދަތުރުކުރަމުންދާ ކޮންޓެއިނަރ އުފުލާ އުޅަނދެކެވެ. މި ދަތުރުމަތީގައި ރާއްޖެއާ ދިމާލުން ބަންކަރިންގއަށް ބޭނުންވެގެން އައިސްފައިވާ އުޅަނދެކެވެ.

އެމްޕީއެލްއިން ފާހަގަކުރެއްވި ގޮތުގައި، މިކަމަކީ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ބައިނަލްއަޤްވާމީ ޝިޕިންގ ރޫޓްތަކަށް ޚިދުމަތް ދިނުމުގައި ޔޫއެމްއެސްގެ ޤާބިލުކަން އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެކެވެ. 

މިއަދު އޮންލައިން