އޯ.އައި.ސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލް ބައިވެރިވެވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އޯ.އައި.ސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލް ބައިވެރިވެވަޑައިގެންފި

އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ. މި މުހިންމު ބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލް ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވި ގޮތުގައި، ވަޒީރު ޑރ. ޚަލީލްގެ ތަޤްރީރުގައި އިސްރާއީލުން މެދުކެނޑުމެއްނެތި ޣައްޒާ އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް އެންމެ ހަރުކަށި ބަހުން ކުށްވެރިކުރައްވައި، މިކަމާމެދު ދިވެހިރާއްޖޭގެ ފުން ކަންބޮޑުވުން ފާޅުކުރައްވާނެއެވެ. މީގެ އިތުރުން، އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތައްވެސް އެމަނިކުފާނު ކުށްވެރިކުރައްވާނެކަމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް އިސްރާއީލުގެ މައްޗަށް ތަންފީޒުކުރުމަށް ގޮވާލައްވާނެ ކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތު ދެއްވިއެވެ.

އޯ.އައި.ސީ. އަކީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ޖަމުޢިއްޔާއެވެ. މި ޖަމުޢިއްޔާގައި 57 މެމްބަރު ޤައުމު ހިމެނެއެވެ. ދިވެހިރާއްޖެ އޯ.އައި.ސީ.ގެ މެމްބަރަކަށްވެފައިވަނީ 1976 ވަނަ އަހަރުއެވެ. ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމުތަކުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ވަކާލާތުކުރާ އަދި ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތަކަށް އަބަދުވެސް އެއްބާރުލުންދޭ ޤައުމެކެވެ.

 

މިއަދު އޮންލައިން