ކުޑަކުދިންގެ ސާޖިކަލް ކެއަރގެ ފެންވަރު ރަނގަޅުކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލާއި ޗައިނާގެ ހޮސްޕިޓަލަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކުޑަކުދިންގެ ސާޖިކަލް ކެއަރގެ ފެންވަރު ރަނގަޅުކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލާއި ޗައިނާގެ ހޮސްޕިޓަލަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ދެވޭ ސާޖިކަލް ކެއަރގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ދަރުމަވަންތަ ހޮސްޕިޓަލާއި ޗައިނާގެ ސޫޗައު ޔުނިވަރސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލާ ދެމެދު މުހިއްމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ ސިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމަށް އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އައިޖީއެމްއެޗްއިން މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި، ޗައިނާގެ ސޫޗައު ޔުނިވަރސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލާއެކު ވެފައިވާ މި އެއްބަސްވުމަކީ ރާއްޖޭގައި ކުޑަކުދިންގެ ސާޖިކަލް ކެއަރގެ ޚިދުމަތް ރަނގަޅުކުރަން އެޅޭ ވަރަށް މުހިއްމު ފިޔަވަޅެކެވެ. މީގެ އިތުރުން، ދެ ފަރާތުގެ ދެމެދު މި ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްޙީ ނިޒާމު ކުރިއަރުވަން އެއްބާރުލުން ދިނުމުގެ ކަންކަންވެސް ކުރިއަށްދާނެކަމަށް އައިޖީއެމްއެޗްއިން ފާހަގަކުރެއެވެ.

މި އެއްބަސްވުމުގެ ދަށުން، ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުންނާއި އެ ދާއިރާއިން ތަމްރީނުވާ ފަރާތްތަކަށް ލިބިފައިވާ މައުލޫމާތުތަކާއި ހުނަރުތައް ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ. މިއީ ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ކުޑަކުދިންގެ ސާޖިކަލް ޚިދުމަތްތައް ރާއްޖޭގައި އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ފަސޭހައިން މިފަދަ ޚިދުމަތްތައް ލިބޭނެ މަގު ތަނަވަސްވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.

 

މިއަދު އޮންލައިން