ފުލުހުންގެ ޚިދުމަތާއި ކަސްޓަމްސް ސަރވިސްގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
ފުލުހުންގެ ޚިދުމަތާއި ކަސްޓަމްސް ސަރވިސްގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ކޮށްފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި އިއްޔެ ކުރިއަށް ދިޔަ މި ބައްދަވުމުގައި، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މެދުގައި އެއްބާރުލުން އިތުރުކޮށް، މަސައްކަތުގެ މުހިންމު ދާއިރާތަކުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އަބްދުﷲ ވަހީދު، ޑެޕިއުޓީ ކޮމިޝަނަރ މަޙްމޫދު ރިޔާޒް އަދި ޑެޕިއުޓީ ކޮމިޝަނަރ އިބްރާހިމް މަފާޒް ބައިވެރިވެވަޑައިގެންނެވިއެވެ.

 

ހަބަރު: ސަރުކާރު

 

މިއަދު އޮންލައިން