ހިޔަލަ ވިންގުގެ ބައެއް ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ވަގުތީ ގޮތުން ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ހިޔަލަ ވިންގުގެ ބައެއް ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ވަގުތީ ގޮތުން ބަދަލުކޮށްފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ހިޔަލަ ވިންގުގެ ބައެއް ފަންގިފިލާތަކުގައި ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން، އެ ފަންގިފިލާތަކުން ދެމުންގެންދިޔަ ޚިދުމަތްތައް ވަގުތީގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

އައިޖީއެމްއެޗްއިން ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، ހިޔަލަ ވިންގުގައި ދެމުންގެންދިޔަ އޮބްސްޓެޓްރިކްސް އެންޑް ގައިނީ އިމަރޖެންސީގެ ޚިދުމަތްތަކާއި، ލޭބަރ ރޫމް އަދި ލޭބަރ އިންޑަކްޝަން ޔުނިޓުގެ ޚިދުމަތްތައް މިހާރުވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައެވެ.

މި ބަދަލާއެކު، އެ ޚިދުމަތްތައް ހޯދުމަށް އަންނަ ފަރާތްތަކުން ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާއަށް ދިއުމަށް އައިޖީއެމްއެޗްއިން ވަނީ އަންގާފައެވެ. އަދި މި ބަދަލަކީ ވަގުތީ ބަދަލެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

ހިޔަލަ ވިންގުގައި ކުރަންޖެހޭ މަސައްކަތްތައް ނިމުމުން، އެ ޚިދުމަތްތައް އަލުން ހިޔަލަ ވިންގަށް ބަދަލުކުރެވޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް މަސައްކަތް ނިމޭނެ ވަކި މުއްދަތެއް އައިޖީއެމްއެޗްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިއަދު އޮންލައިން